ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މަސައްކަތް ކުރަން ލިބުނީ ދެ އަހަރު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ މަސައްކަތް ކުރަން ލިބުނީ ދެއަހަރާއި ބައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރޭ ދިއްދޫގައި ބޭއްވި ޕްރައިމަރީ ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކާއި ކުރާ ކޮންމެ ކަމެއް ކުރަނީ ރޭވުންތެރިކަމާއެކުގައި ކަމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ކަންކަން ކުރިއަށް ގެންދިއުމުގައި އުނދަގޫ ތަކެއް ކުރިމަތިވި ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ތަރައްގީގެ އެތައް މަޝްރޫއު ތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަމަށާއި ވޭތުވެދިޔަ ސަރުކާރުތަކުގައި 10 އަހަރުންވެސް ނުވި ތަރައްގީ މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ގެނެވިފައިވާ ކަމަށެވެ.

މިއީ އަރާ ކޮންމެ ރަށަކުން ކޮންމެ ރައްޔިތަކަށް ހެކިވެ ފެންނަން ހުންނާނެ ކަންތައްތައް. ބަޔަކު އޮޅުވާލައިގެން ވާހަކަތަކެއް ދެއްކި ނަމަވެސް ހަގީގަތް އެއޮތީ ހާމައަށް ފެންނަން.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ ބިން ހިއްކުމަށް ވީ ވައުދުގެ ދަށުން ބިން ބޮޑުކުރަން ޖެހޭ ހުރިހާ ރަށެއްގެ މަސައްކަތް އެގްރިމެންޓް އުސޫލުން މިދައުރުގެ ތެރޭޣައި ނިންމާލުމަށް މަސައްކަތް ކުރުން ކަމަށެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރައްވާނެ ކަން އިއުލާންކޮށް ރައީސް ވަނީ އެރަށުގައި ހިއްކާ ބިމުގައި އެއަރޕޯޓެއް އެޅުމުގެ ވިސްނުން ފުޅާކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރާނީ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިއްދޫ ރައްޔިތުން ބޭނުންވެފައިވާ ތަރައްގީގެ އެކި މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ މިހާރު އެރަށުގައި ތަރައްގީ ކުރަމުންދާ 75 ރޯހައުސް މަޝްރޫއަށް އިތުރު 25 ރޯހައުސް އިތުރުކޮށްދެއްވުމަށް ނިންމަވައި އެކަންވެސް އިއުލާން ކުރައްވާފައެވެ.

މީގެ އިތުރުން ދިއްދޫގައި ޓާރޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިދައުރު ތެރޭގައި ނިމިގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި، ޖޫނިއަރ ކޮލެޖްގެ މަޝްރޫއާއި ޒަމާނީ ފެންވަރުގެ އިންޖީނުގެއެއް ތަރައްގީ ކުރުމަކީ މިސަރުކާރުން ދިއްދޫގައި  ތަރައްގީ ކުރަމުން ގެންދާ މަޝްރޫއު ތައްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: