ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުނގޫފާރު ކައުންސިލުން ގަވާއިދާ ހިލާފަށް 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: އޮޑިޓަރ ޖެނެރަލް

ޝެއާރކޮށްލާ ކަހަލަދޯ؟

ރ އުނގޫފާރު ކައުންސިލުން މާލިއްޔަތު ގަވާއިދާ ހިލާފަށް 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ އުނގޫފާރު ކައުންސިލްގެ އޮޑިޓް ރިފޯޓުން ދައްކާ ގޮތުގައި އެކައުންސިލުން ވަނީ މާލިއްޔަތު ގަވާއިދާ ހިލާފު ގިނަ ކަންކަން ހިންގާފައެވެ. އަދި އެކަންކަން އިސްލާހު ކުރުމަށް އެ ކައުންސިލަށް އޮޑިޓް އޮފީހުން ވަނީ އަންގާފައެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އުނގޫފާރު ކައުންސިލުން 2020 ވަނަ އަހަރު ހުއްދަދޭ ފޮތް ނުވަތަ ފޯމް ފުރިހަމަ ނުކޮށް 4،545،183 ރުފިޔާގެ ހިދުމަތާއި ތަކެތި ހޯދާފައިވެއެވެ. އަދި އެ ތަކެއްޗާ ހިދުމަތްތަކަކީ އެ ކައުންސިލަށް ކޮންމެހެން ބޭނުން ޖެހިގެން ހޯދާފައިވާ ތަކެއްޗާއި ހިދުމަތް ނޫން ކަމަށާއި، އެކަން ކޮށްފައިވަނީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މާލީ މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

ކައުންސިލުން މުދާ ބަލައިގަތުމުގައި ގަވާއިދާ ހިލާފުވެފައިވާ ކަމަށާއި އެގޮތުން މުދަލަށް އޯޑަރު ކުރާ ފޮތުގައި ލިޔެ އަދި ސޮއި ނުކޮށް ޖުމްލަ 3،528،797 ރުފިޔާ 2020 ވަނަ އަހަރު ހަދަދުކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ލިބުނު މުދާ ހަމައަށް ލިބުނުކަން އަދި ލިބުނު މުދަލަކީ ބޭނުންކުރެވޭ ހާލަތުގައި ހުރި މުދާކަން ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓް ގައި ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި 35،000 ރުފިޔާއަށްވުރެ އިތުރުވާ މުދަލުގެ އަގު ނުވަތަ ހިދުމަތުގެ އަގު ބޮޑުވާނަމަ ބީލަމަށް ހުށަހަޅައިގެން އެކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައިވީ ނަމަވެސް އުނގޫފާރު ކައުންސިލުން 2020 ވަނަ އަހަރު 14 ޕޭމަންޓް ވައުޗަރަކަށް ޖުމްލަ 3،092،791 ރުފިޔާ ބީލަމަށް ހުށަހަޅާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓް ގައިވަނީ ފާހަގަކޮށްފައެވެ.

ބޭންކް ބާކީ އަދި ބޭންކް ރިކޮންސިލިއޭޝަން ތައްޔާރުކޮށްފައިނުވާ އިރު، ސްޓޮކް ބާކީ ބަލަހައްޓާ އެތަކެތި އަދާހަމަކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި އުނގޫފާރު ކައުންސިލް އިދާރާގެ ބިޑް ކޮމިޓީ ފައިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިނުވާތީ އެކަންވެސް ވަނީ އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: