ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އިންސާފު ހޯދަން، އިދިކޮޅުން ޔޫރަޕް ސަފީރުންނާއި އެކު ބައްދަލުވުމަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ މަގު ފަހިކުރުމަށް އިދިކޮޅުން ޔޫރަޕްގެ ސަފީރުންނާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭފަދަ ގޮތަކަށް ސަރުކާރުން ރައީސް ޔާމީން އާ މެދު އަމަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ހިއްސާ ކޮށްފައެވެ.

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީން އާ ދެކޮޅަށް ކޮށްފައިވާ ހުކުމަކީ ނުހައްގު އަދި ހަރާމް ހުކުމެއް ކަމަށާއި އެ ހުކުމަކީ ސިޔާސީ ގޮތުން ކޮށްފައިވާ ހުކުމެއް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި އިދިކޮޅުން ގެންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

އިދިކޮޅުން ބުނަމުންގެންދަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ނުހައްގު ދައުވާ އިސްތިއުނާފު ކޮށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅުން ބުނެފައި ވަނީ ރައީސް ޔާމީން ޖަލަށްލައިގެން މިސަރުކާރުން ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫން ކަމަށާއި އެއިންތިހާބު އިދިކޮޅުން ބަލައިނުގަންނާނެ ކަމަށެވެ.

ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުކަމަށްވުމާއި އެކު، މައްސަލައިގައި ނިހާއީ ހުކުމެއް އޮތުން މުހިންމެވެ. ރައީސް ޔާމީން ހުންނެވީ ހުކުމެއްގައިކަމަށްވުމުން ގާނޫނީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނަށް އެ ފުރުސަތު ބަންދުވާނީ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރުމުންނެވެ. އަދި ނިހާއީ ހުކުމެއް ނެތުމާއި އެކު، އިންތިހާބީ ކެނޑިޑޭޓެއްގެ ހައްގަށް ބަލައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވަނީ ބުނެފަ އެވެ.

އިދިކޮޅުން ވެސް ދަނީ ތަކުރާރުކޮށް، ރައީސް ޔާމީނަކީ ރިޔާސީ ކެނޑިޑޭޓުކަމަށް ބުނަމުންނެވެ. އަދި އެމަނިކުފާނުގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: