ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ ހަތަރު ޑޮމެސްޓިކް އެއަރޕޯޓް މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވަމުން ރައީސް ވިދާޅުވީ ހދ މަކުނުދޫ އާއި ށ ބިލަތްފަހީގެ އިތުރުން ބ ތުޅާދޫ އާއި ތ ވިލުފުށީގައި އެއަރޕޯޓް އަޅާނެ ފައިސާ ވަނީ ލިބިފައިކަމަށެވެ. އަދި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް މިހާރު ހުޅުވާލާފައިވާ ކަމަށައި ކުރިއަށް ދެން އޮތީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރ އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އަދިި އެ އެއަރޕޯޓް ގާއިމްކުރެވުމާ އެކު ޑޮމެސްޓިކް އެއަރޕޯޓްތަކުން މުޅި ރާއްޖެ ގުޅާލެވޭނެ ކަމަށެވެ. އަދި ގދ ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ނިމި ހޯރަށުރީ އެއަރޕޯޓް ބޭނުންކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ،
ނ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެކްސްޕެންޝަން މަސައްކަތް މޮބިލައިޒް ކުރެވިފައިވާ ކަމަށްވެސް ރައީށް ސާލިހު ވިދާޅުވިއެވެ،
ރައީސް ވަނީ ސަރުކާރުގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވިދާވެފައެވެ. އަދި ތަރައްގީ ގެނައުމުގައި އާބާދީގެ ނިސްބަތުން ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

