ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ގަދަކޮށް ހުރުމުން އަންގައިދެނީ ޒާތީ ނުވާކަން : އިމްރާން

ރައީސް ޔާމީން، އިމްރާން އާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޝްވަތު ގުބޫލު ކުރުމާއި މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖުރުމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަދަކޮށް ހުރުމުން އެނގިގެން ދަނީ ޒާތީ ވެގެން އެއްވެސް ކަމެއް ނުކުރާކަން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ފަރާތުން މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީންއާއި ބައްދަލު ކުރެއްވުމަށް ފަހު އެމަނިކުފާނު ހުންނެވީ ގަދަކޮށް ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވިޓަށް ރައްދު ދެއްވަމުންނެވެ.

ރައީސް ޔާމީންއާއި ބައްދަލު ކުރެއްވުމަށް އަބްދުއްރަހީމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ރައީސް ޔާމީނާ .ހުންނެވީ ފިސާރި ގަދަކޮަށް ކަމަށެވެ. އަދި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާއި .އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ޓުވިޓާ ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓުވިޓުގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގަދަކޮށް ހުންނެވުމުން އަންގައިދެނީ އޭނާ ޖަލުގައި ހުރިއިރު ކިތަންމެ އިހާނެތިކޮށް ކަންތައް ކޮށްފައިވީނަމަވެސް އޭނާ ޒާތީ ނުވާނެ ކަން ކަމަށެވެ. އަދި ރައީސް ޔާމީން ގަދަކޮށް ހުރުމުން އެނގިގެން ދަނީ ރައީސް ސާލިޙްގެ އޯގާތެރި ކަމާއި ކަތްތެރިކަން ކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: