ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީ އިން ވިލިމާލޭގައި މިއަދު ބަހުގެ ހިދުމަތް ފަށައިފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިލެކްޓްރިކް ބަހުގެ ހިދުމަތް ފަށާފައިވަނީ ތިމާވެއްޓާ ރައްޓެހި 6 އިވީ ބަހެވެ. މި ބަސްތަކުގައި 11 މީހުން އިށީނދެ ތިބެވޭނެހެން ސީޓް ހަރުކުރެވިފައި ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި މީގެ އިތުރުން 4 މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަވެސް ހުންނާނެއެވެ. ވީމާ ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އިވީ ބަސްތަކުގައި ހުންނާނެއެވެ.

މި ހިދުމަތުގެ ރޫޓް އާއި ޝެޑިއުލް އެކުލަވާލާފައިވަނީ އާއްމު ރައްޔިތުންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ވިސްނައި ހިދުމަތް ބޭނުންކުރުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ރޫޓާއި ޝެޑިއުލް އެކުލަވާލުމުގައި ސްކޫލްތަކާއި، ބީޗް ސަރަހައްދާއި އޮފީސްތަކާއި ސިނާއީ ސަރަހައްދާއި ހަސްފަތާލާއި ފެރީ ޓާމިނަލްއަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކަށް ވާނީ ބެލިފައެވެ.

ވިލިމާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ވިލިމާލޭގެ 1.52 ކިލޯ މީޓަރު ދިގު އިންޓަރނަލް ރޫޓްގެ 10 ސަރަހައްދަކަށް ބަސް ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އާރުޓީއެލް ވިލިމާލެ ބަހުގެ ހިދުމަތް ހަފްތާއަކު 7 ދުވަހު ހެނދުނު 05:35 އިން ރޭގަނޑު 00:00 އަށް ކަސްޓަަމަރުންނަށް ފޯރުކޮށްދޭނެއެވެ. އަދި ބަހުގެ ހިދުމަތް ކޮންމެ ބަސް ހުއްޓިއަކަށް 5 މިނިޓާއި 10 މިނިޓާއި ދޭތެރޭ ވަގުތުކޮޅެއްގައި ލިބިގެންދާނެއެވެ.

ވިލިމާލޭ ބަހުގައި މިއަދުން ފެށިގެން ފުރަތަމަ 2 ހަފްތާގައި މުޅިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން، މާސްޓަރކާޑް/ ވިސާކާޑް ބޭނުންކޮށްގެންނާއި ކިޔުއާރު ޓިކެޓިންގ ޒަރިއްޔާ އަދި ފައިސާ ދެއްކުމަށްފަހު ޓިކެޓް ގަނެގެން ދަތުރު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ޓްރައިއަލް މުއްދަތު ނިމުމަށްފަހު ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާ އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ.

މީގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ބަހުގައި ހިލޭ ދަތުރު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: