ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ރައީސް ޔާމީން “އޯކޭ” ވިޔަސް ރައީސް ސާލިޙަށް ރައީސް ޔާމީން “އޯކޭ” އެއް ނޫން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން “އޯކޭ” ވިޔަސް ރައީސް ޔާމީންއާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙް މިފަދައިން ވިދާޅުވީ ރައީސް ޔާމީންއަކީ ގާބިލް ތައުލީމީ ބޭފުޅެއް ކަމަށާއި އަދި ރައީސް ޔާމީންއާއި ޕީޕީއެމްއާއި އޮތް ހަމައެކަނި މައްސަލައަކީ “އިންޑިއާ އައުޓް” ގޮވުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވާތީއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ފިކުރީ އަދި ތައުލީމީ ބޭފުޅެކެވެ. އަދި އެމަނިކުފާނާއި ރައީސް ޔާމީނަކީ އެހާ ތަފާތު ބޭފުޅުންކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާމެދު އެފަދަ ބޭފުޅެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި “އިބޫ 2023 ” އެމްޑީޕީ ރިޔާސީ ޕްރައިމެރީ ކެމްޕެއިން ޖަލްސާގައި ރައީސް ސާލިޙް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. އެގޮތުން ރައީސް ސާލިޙް ވިދާޅުވީ ރައީސް ޔާމީން “އޯކޭ” ނޫން ކަމަށާއި އަދި ދުވަހަލުވެސް ރައީސް ޔާމީންއާއިއެކު ކުރާނެ މަސައްކަތެއް ނޮއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ އެމްޑީޕީން ނޫން ބަޔަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ކަންކަން ވަމުން ދިޔަ ގޮތް މާޒީގައި ފެނިއްޖެ ކަމަށެވެ. އަދި ސަރުކާރަކުން މިހާތަނަށް ތަރައްގީގެ މަޝްރޫއުތައް ފަށާފައި ނުވާ ވަރަށް މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދާތީ އިތުރު ތަރައްގީ ހޯދުމަށް އެމަނިކުފާނާ އެކު އޮތް ފުރުސަތު ގެއްލުވާނުލުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: