ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން، ފުވައްމުލަކަށް ދޭ ސަމާލުކަން ރައްޔިތުންނަށް ފެންނާނެ: މޭޔަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ވާ މީހަކީ އެއީ ދޫދިނުމުގެ ވިސްނުން ހުރި ކޮމްޕްރޮމައިޒް ކުރާ މީހަކަށް ވާން ޖެހޭކަމަށް ފުވައްމުލައްސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އާއި އެކު، ޕާޓީގެ އެތެރޭގެ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ. އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަ ކުރައްވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިންތިހާބަށް ހަފްތާއަކަށް ވެފައިވާއިރު، ދެ ރައީސުން ވެސް ރާއްޖޭގެ އަތޮޅުތަކަށް ދަތުރު ކުރައްވައި ވޯޓު ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އާއްމުންނާއި އެކު ވަކިން ބައްދަލުވުންތައް ބާއްވާފައި ވެއެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ރޭ ފުވައްމުލަކު ރައްޔިތުންނާއި ބައްދަލު ކުރައްވާފަ އެވެ.

އިންތިހާބުތަކުގައި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް ވެސް ލިބޭ ފުވައްމުލަކުގައި ރޭ އޮތް ޖަގަހަ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަފީގު ވިދާޅުވީ ރާއްޖޭގެތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ކޮންމެ ރައްޔިތަކަށް ވެސް ސާފުވާނެކަމަށެވެ. ހާއްސަކޮށް އަޅާނުލެވި ދޫކޮށްލެވިފައި އޮތް ދެކުނުގެސަރަހައްދަށް މި ސަރުކާރުން ދޭ ސަމާލުކަން ރައްޔިތުންނަށް ފެންނާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

ރައްޔިތުންގެ ބޭނުންތައް އެނގުން މުހިންމުކަމަށާއި ރައީސާއި އެކު ވާ މީހަކީ އެއީ ދޫދިނުމުގެ ވިސްނުން ހުރި ކޮމްޕްރޮމައިޒް ކުރާ މީހަކަށް ވާން ޖެހޭކަމަށްއޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރައްތަކަށް ގެނެވުނު ތަރައްގީއެއް ނެތްކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު ފުވައްމުލަކުގައި މި ސަރުކާރުން މަގުތަކުގައި ތާރު އަޅައި، މަގު ހެދުމާއިހައުސިން ޔުނިޓުގެ މަޝްރޫއުތައް ކުރިޔަށް ގެންދާކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެސް މި ޕްރޮޖެކްޓުތައް އިއުލާނު ކުރި އެވެ. ނަމަވެސް އެއްވެސް މިންވަރަކަށް މަޝްރޫއު ކުރިޔަށް ގެންގޮސްފައިނުވާއިރު މި ސަރުކާރު އައުމާއި އެކު ރައްޔިތުންގެ ޝަކުވާތަކަަށް ހައްލެއް ލިބިގެންދިޔަކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މޭޔަރު ވިދާޅުވީ ކުރިޔަށް ހުރި ދުވަސްތަކުގައި ފުވައްމުލަކުގައި ޒުވާނުންނަށް ތައުލީމީ ފުރުސްތުތައް ފަހި ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލްޔުނިވާސިޓީ (އެމްއެންޔޫ) ގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ފެކަލްޓީ ބިނާ ކުރުމާއި ޓިވެޓް ސެންޓަރުގެ މަސައްކަތް ކުރިޔަށް ދާނެ އެވެ. އަދިތަރައްގީގެ މަޝްރޫއުގެ ގޮތުގައި ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތާއި، އެއާޕޯޓުގެ ބައެއް މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ.

ރަފީގް ވިދާޅުވީ މި ސަރުކާރުގެ ސަބަބުން ރަށުގެ އުމްރާނީ ތަރައްގީއަށް ލިބުނު ކުރިއެރުންތަކުގެ އިތުރަށް ވަޒީފާގެ ފުރުސަތުތައް ފާއިތުވި 04 އަހަރުގެތެރޭގައި ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ.  މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އެކި އިދާރާތްތަކުގެ ކޯލް ސެންޓަރުތަކާއި، ސަރުކާރުގެ އެކިއިދާރާތްތަކުގެ ގޮފިތަކުގެ ހިދުމަތް ފުޅާކޮށް ރަށުގައި ތިބެގެން ވެސް ވަޒީފާ އަދާ ކުރެވުމެވެ.

މިއީ އާއިލާގެ މުސްތަގުބަލާއި، ދިރިއުޅުމުގެ ހަރަދަށް ބަލާއިރު ވެސް ކުރިއެރުމެއްގެ ގޮތުގައި ރަފީގު ވިދާޅުވި އެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންތައް ފޯރިއާއި އެކު ކުރިޔަށް ދާއިރު ދެ ރައީސުން ވެސް ތިއްބެވީ ކެމްޕެއިނަށް އަތޮޅު ތެރޭގަ އެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދިފައި ވާތީ، ގުޅުން ގޯސްވެ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު އެކި ގޮތްގޮތުން ބަހުގެ ހަމަލާތައް ވެސް ދަނީ އަމާޒުވަމުންނެވެ. އަދި ކެމްޕެއިން ޓީމުތަކުގެ މެދުގައި ތަފާތު އެކި ތުހުމަތުތައް ކުރެވޭކަން ފާހަގަ ކުރެވެ އެވެ.

އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ރައީސް ނަޝީދު، ރައީސް ސޯލިހާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާއިރު ޖެހިގެން އަންނަ ބައްދަލުވުމެއްގައި ރައީސް އެ ވާހަކަތަކަށް ރައްދު ދެއްވަ އެވެ. އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ ރައީސް ސޯލިހު އިތުރު ދައުރަކަށް ގެނައުމުގެ ވިސްމުގައި ނޫންކަމަށާއި ޓިކެޓު ހޯއްދަވައިފި ނަމަ އެމްޑީޕީއަށް ލިބޭނީ ގެއްލުންކަމަށް ބުނެ ދައްކަވާ ވާހަކައިގެ ރައްދު ދެއްވައި ރައީސް ވިދާޅުވީ ޕާޓީއަށް ވެރިކަން ހޯދައިދެވޭނެ އިތުރު ބޭފުޅެއް އެމަނިކުފާނު ނޫނީ ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: