ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްވިޑެންގައި ހަތިމު އެންދި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ސްވިޑެންގައި ގުރުއާން އެންދި މީހާ، ރަސްމަސް ޕަލުޑަން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްވިޑެންގެ ސިޔާސީ ޕާޓީއަކުން ގުރުއާނު ހަތިމު އަންދާ، ހުރުމަތް ކަނޑާލި މައްސަލަ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.

ސްވިޑެންގައި ހުންނަ ތުރުކީގެ އެމްބަސީ ކުރިމަތީ އެ ގައުމުގެ ރައްޔިތަކަށް ގުރުއާން ހަތިމެއް އަންދާލުމުގެ ހުއްދަ ދީފައިވާ މައްސަލަ ކުށްވެރިކޮށް ސޯޝަލް މީޑިއާގައި މިނިސްޓަރު ވިދާޅުވެފައިވާގޮތުން، ރާއްޖެއިން ސްވިޑެންގެ ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށްވާ ރަސްމަސް ޕަލުޑަން ހިންގާފައިވާ ނޭދެވޭ އަަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރެއެވެ.

ގުރުއާން ހަތިމެއް އަންދާލި މައްސަލައިގައި ތުރުކީގެ ފޮރިން މިނިސްޓަރު ޗަވުސޯލޫވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ މި އަމަލު ސިފަކުރެއްވީ، ނަސްލީ ތަފާތު ކުރުމާއި ނަފްރަތުގެ ސަބަބުން ހިންގާފައިވާ އަމަލެއްގެ ގޮތުގައެވެ. އެނާ ވިދާޅުވީ، އެފަދަ އަމަލުތައް ހިންގުމަކީ މިނިވަންކަމާއި އެކު ހިޔާލު ފާޅުކުރުން ނޫންކަމަށެވެ.

ޗަވުސޯލޫވަނީ ސްވިޑެންއަށްވެސް ފާޑުވިދާޅުވެފައެވެ. އެނާ ވިދާޅުވެފައިވާގޮތުން ސްވިޑެންއިން އެ އަމަލު ހިންގުމަށް ހުއްދަ ދީފައިވަނީ އެތައް އިންޒާރުތަކެއްވެސް ދީފައިވަނިކޮށެވެ. އަދި މިހާރު އެހެނިހެން ފޮތްތައް އެންދުމަށް ހުއްދަ ނުދޭއިރު، ގުރުއާނާއި ޖެހުމުނާއި އިސްލާމް ދީނާއި ޖެހުމުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ އަމަލުތަކަށް ހުއްދަ ދޭކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: