ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕްރައިމަރީ: ވޯޓު ލާން ޖެހޭ ފޮށި ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ބެލޭ!

2022 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލާންޖެހޭ ފޮށި ޓެލެގުރާމާއި ވައިބަރު މެދުވެރިކޮށް ބެލޭނެ އިންތިޒާމް އެ ޕާޓީއިން ހަމަޖައްސައިފިއެވެ.

ޕާޓީއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުން އާރުޕީ ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލުމަށްފަހު އެމީހެއްގެ އައިޑީކާޑު ނަންބަރު ޖެހުމަށްފަހު ޓެލެްރާމް ނުވަތަ ވަޓްސްއަޕްއިން މެސެޖުކުރުމުން ވޯޓު ލާންޖެހޭ ފޮށީގެ މައުލޫމާތު ލިބޭނެއެވެ.

މި އިންތިހާބަކީ މިއަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބެކެވެ. އިންތިހާބުގައި ވާދަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ފޯރީގައި ވާދަވެރި ކެމްޕެއިންތަކެއް ކުރައްވަަމުންނެވެ. އެގޮތުން މި ވަގުތު ދެ ކެޑިޑޭޓުންވެސް ތިއްބެވީ ތާއީދު ހޮއްދެވުމަށް ވަޑައިގެން އަތޮޅު ތެރޭގައެވެ.

ދެ ފެކްޝަނަކަށް ހިގާ އެމްޑީޕީގެ ފެކްޝަންތައް ސަފުކޮށް ފެންނަމުންދާއިރު، އެއް ފެކްޝަން އަނެއް ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ބަހުގެ ހަމަލާތަކެއްވެސް އަމާޒުކުރަމުންނެވެ.

އެގޮތުން ޕާޓީގެ ”އަސްލު މެންބަރުންގެ“ ވާހަކައާއި، ”ވަގު މެންބަރުންގެ“ ވާހަކަވެސް ދަނީ ދެކެވެމުންނެވެ. އަދި ހަމައެއާއިއެކު ޕާޓީގެ ދަފްތަރު އޮޅުވާލިކަމުގެ ވާހަކައާއި ވަކި ކެޑިޑޭޓަކަށް ވޯޓު ދޭނެ މެންބަރުން ޕާޓީގެ ދަފްތަރުން ވަކިކުރިކަމުގެ ތުހުމަތުވެސް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވާދަވެރި އަނެއް ކެމްޕެއިން ޓީމަށް ކުރިއެވެ.

މިހާރު ޕްރައިމަރީގެ ކެމްޕެއިން ޖަލްސާތަކުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ރައީސް ނަޝީދު، އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅިވަޑައިގެންނެވުމުގެ މަސައްކަތް ކުރައްވާފާނެކަމުގެ ވާހަކައެވެ. މި ވާހަކަތަކަށް ފެށުމުގެ ސަބަބަކަށް މެދުވެރިވީ ރައީސް ނަޝީދު، ރައީސް ޔާމީންއަށް ތާއުރީފްކުރައްވާ ވާހަކަދެއްކެވުމެވެ.

އެގޮތުން ރައީސް ޔާމީން އަކީ ވިޝަނަރީ ލީޑަރެއްކަމަށާއި، އެއީ ތައުލީމީ ބޭފުޅެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: