ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އދގެ ސެކިއުރިޓީ ކައުންސިލުގެ މެމްބަރަކަށް ހެދުމަށް ރާއްޖެއިން ތާއީދުކޮށްފި

ރައީސް ސޯލިހު އަދި އިންޑިއާގެ އެކްސްޓާަރނަލް އެފެއަރޒް މިނިސްޓަރ ޖަޔަޝަންކަރު: ފޮޓޯ/ ޕީޓީއައި
ޝެއާރކޮށްލާ ކަހަލަދޯ؟

އދގެ ސެކިއުރިޓީ ކައުންސިލުގެ ވަގުތީ މަގާމަށް އިންޑިއާއިން ކުރިމަތިލާފައިވުމުން، އެކަމަށް ރާއްޖެއިން ތާއީދުކުރާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، އިންޑިއާއިން ސެކިއުރިޓީ ކައުންސިލަށް ކުރިމަތިލާފައިވަނީ 2028-2029 ވަނަ އަހަރަށެވެ. އަދި މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ 88 ވަނަ ބައްދަލުވުމުގައިކަމަށް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، މި ނިންމުމަކީ ދާދި ފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިޔަމް ޖަޔަޝަންކަރު މި މަހުގެ 18 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށެވެ. އަދި ރާއްޖެއިން އިންޑިއާއަށް ކުރާ ތާއީދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ ސަބަބުން އޮންނަ ތާއީދެއް ކަމަށް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، އިންޑިއާއިންވަނީ ބައިނަލްއަގުވާމީ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި އެ ގައުމަކީ އދގެ ވިސްނުމާއި ފިކުރަށް ވަކާލާތުކުރާ މުހިންމު ބައިވެރިއެއްކަމަށްވެސް ސިފަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، ކުރިއަރަމުންދާ ގައުމުތަކުގެ އަޑުތައް އދގައި އިއްވުމުގައި އިންޑިއާއިން މުހިންމު ރޯލެއް އަދާ ކުރާނެކަމަށް ރާއްޖޭގެ ސަރުކާރުން ގަބޫލުކުރެއެވެ. އަދި ދުނިޔޭގެ ސިޔާސަތުތައް ބައްޓަންކޮށް، ސުލްހަ ގާއިމުކޮށް ރައްކައުތެރިކަން ކަށަވަރު ކުރުމުގައި އެ ގައުމުން ސެކިއުރިޓީ ކައުންސިލުގައި ރަނގަޅު މަސައްކަތްތަކެއް ކުރާނެކަން ކަށަވަރުވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: