ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ފިލްމް ލޯބިވެވިއްޖެ ގެ އޮފިޝަލް ޓްރެއިލަރ ލޯންޗްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސް ޕްރޮޑަކްޝަންސް އާއި ސެޓަރން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް ލޯބިވެވިއްޖެ ގެ އޮފިޝަލް ޕޯސްޓަރ އަދި ފިލްމްގެ ޓްރެއިލަރ ލޯންޗްކޮށްފިއެވެ.

ފިލްމުގެ ޓްރެއިލަރ ލޯންޗްކޮށްދިނީ  އެކަމަށް ހާއްސަކޮށްގެން ކުރިއަށްދިޔަ އިވެންޓެއްގައި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސެއިން އަމްރު އެވެ.

މި އިވެންޓްގައި ފިލްމު ރިލީޒް ކުރާނެ ތާރީހުވަނީ ރަސްމީ ކޮށް އިއުލާންކޮށްފައެވެ.

ލޯބިވެވިއްޖެ ރިލީޒް ކޮށް ބެލުންތެރިންނާ ހަމައަށް ގެނައުމަށް ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހއެވެ. އެހެންކަމުން މިފިލްމަކީ 3 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު އޮލިމްޕަހުގައި ދެވަނަ އަށް އަޅުވާނެ ފިލްމެވެ.

ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ގދ ތިނަދޫގައި ޝޫޓިންގ ފެށި ފިލްމެކެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ގދ. ތިނަދޫ އާއި މާލެ ސިޓީގެ އިތުރުން ސްރީލަންކާގެ ކޮލޮމްބޯ އާއި ނުއަރަލިޔާގައެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމުގެ ޑައިރެކްޓަރ އަލީ ސީޒަންގެ އިތުރުން މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު ނިމާލް، އަބްުދުﷲ ޝާފިއު (ފުބޫ) ގެ އިތުރުން އާމިނަތު ނިޝާ (ނިޝްކޮ) އާއި އިރުފާނާ އިބްރާހިމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ.

މި ފިލްމުފގެ ސްކްރީންޕްލޭ ލިޔެފައިވަނީ ސްކްރީން ރައިޓަރ އަހުމަދު ޒަރީރެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

ލޯބިވެވިއްޖެ ފިލްމަށް ބެކް މިއުޒިމް ތައްޔާރުކޮށްދީފައިވަނީ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް އެވެ.

މި ފިލްމުގައި ޖުމްލަ 8 ލަވަ ހިމެނޭއިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރުވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑްކޮށްފައެވެ.

ފިލްމުގެ ލަވަތައް ކިޔައިދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ހަސަން ޖަލާލް، މުމްތާޒް މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖްކަން ކޮށްފައިވާ އައްމަޑޭ އައި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް އާއި ނަފްހާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: