ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޓީވީ ހުއްޓާލާތީ އެސްނެޓްގައި ރަޖިސްޓްރީ ވުމަށް ދިރާގުން ޕޯޓަލްއެއް ތައާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެސް.އެސް.ނެޓް ގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުޓީވީގެ ހިދުމަތް ހުއްޓާލަން ދިރާގުން ނިންމުމާއި ގުޅިގެން އެކުންފުނިން ވަނީ ދިރާގުޓީވީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެސް.އެސް.ނެޓަށް
ރަޖިސްޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ރަޖިސްޓަރ ކުރުއްވާނީ /mv.ssnet.register://https ޕޯޓަލް މެދުވެރިކޮށެވެ.
ރަޖިސްޓަރ ކުރެއްވުމަށް:

.ދިރާގުޓީވީ ކަސްޓަމަރުންނަށް އެސް. އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ރަޖިސްޓްރޭޝަން ލިންކަށް ފިއްތާ ލައްވެއްވުމަށް ފަހު ލިންކުގައި ހިމެނޭ ކަސްޓަމަރުގެ ދިރާގުޓީވީ ނަމްބަރާއި އެކައުންޓާއި ގުޅުންހުރި އައިޑީކާޑު/ޕާސްޕޯޓް/ވޯރޑް އާއި އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ނުވަތަ ވޯކް ޕާމިޓް ޕާމިޓް ނަންބަރު ޖެއްސެވުމަށް ފަހު ކަސްޓަމަރުގެ ނަމާއި މޮބައިލް ނަމްބަރާއި އީމެއިލް އެޑްރެސް ޖެއްސެވުމަށް ފަހު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ވޯކްޕާމިޓް ކޮޕީއެއް އަޕްލޯޑްކޮށްލެއްވުމުން ފޯމް ފުރިހަމަ ކުރެވޭނެެވެ.

ފޯމް ފުރުއްވުމުން އެސް.އެސް.ޏެޓުން އެޕްލިކޭޝަން ބަލައިގަންނާއެވެ. އަދި އިތުރު މަޢުލޫމާތު އެކުންފުނިން ކަސްޓަމަރުންނާއި ހިއްސާކުރާނެ ކަމަށް ދިރާގުން ބުނެއެވެ.
7 އަހަރުގެ ހިދުމަތަށް ފަހު 29 ޖެނުއަރީ   އިން ފެށިގެން ދިރާގުޓީވީގެ ހިދުމަތް ހުއްޓާލާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ދިރާގް ޓީވީން ޕްރީމިއަރ ލީގް ނުބެލުނު ކަސްޓަމަރު says:

    ދިރާގު ޓީވީ ވަނީ ރައްޔިތުންގެ އަތުން އެންމެކުރިން ނަގަމުންއައިފީ ބޮޑުކޮށްފަ، ސަބަބަކަށްބުނީ ޕުރީމިއަރ ލިގާ އިތުރު ޗެންލްތައް ލިބޭތީކަމައް، އެހެންނަމަވެސް ދުވަސްކޮޅަކު އެޗެނަލްލިބިފަ ދެންވަނީ ހިދުމަތްކެންޑިފަ، ނަމަވެސް ދިރާގުން ރައްޔިތުންއަތުން އިތުރަށްނަގަންފެށި ލާރި އުނިކޮށްފައެއްނުވޭ، ނުދޭހިދުމަތަކަށް ލާރިދިޔައީނަގަމުން، މިހެންކަމުން ކަސްޓަމަރުން އެދެނީ ޖެނުއަރީ މަހުގެ ފީ މާފްކޮށްދިނުމައް

  2. ހާދަބިރުގަންނަހެންހީވޭ ސަންގް އެމްވީކުދިން، ރައްޔިތުންގެ އިހްސާސްތައްހުންނަ ކޮމެންޓްކުރުމުން އެކޮމެންޓް މިތަނުގަ ޖަހަންނުކެރެނީ ސޮޕޮންސާރ ނުލިބޭނެތީތޯ، ތިވަރަށްދަށުވެ ނަގޫފިތުނީމަ ރަނގަޅުވާނީ ކޮމެންޓް ނޫނީ ހިޔާލް ކޮބާތޯ އަހާނުލިއްޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: