ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރުވެސް މަސައްކަތް ކުރަންޖެހޭނީ ރިޔާސީ އިންތިޚާބު ނުގެއްލޭނެ މަގަށް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހަރުވެސް މަސައްކަތް ކުރަންޖެހޭނީ ރިޔާސީ އިންތިޚާބު ނުގެއްލޭނެ މަގަށްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް މެންބަރެއްކަމުގައިވާ ވަހީދު ޓުވީޓެއްކުރައްވާ ވިދާޅުވެފައިވަނީ 2018 ގައި 43،000 މެންބަރުންގެ ވޯޓުން ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުގެ ބަދަލުގައި އެހެން ކެޑިޑޭޓަކު ނެގީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލިދާނެތީކަމަށެވެ. އަދި މިފަހަރުވެސް މަސައްކަތްކުރަންޖެހޭނީ ރިޔާސީ އިންތިހާބު ނުގެއްލޭނެ މަގަށްކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކާމިޔާބުކުރެއްވި ނަމަވެސް، މި ނަތީޖާ ގަބޫލުކުރުމަށް ރައީސް ނަޝީދާއި އަދި އެމަނިކުފާނާއި އަރިސް މެންބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އަދި ”ފިކުރެއްގެ ދިރުން“ ކެމްޕެއިން ޓީމުން ގަބޫލުކުރާ ގޮތުގައި ރައީސް ސާލިހު މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ވޯޓު ގަޑުބަޑު ކޮށްގެންނެވެ. ނަމަވެސް އެމްޑީޕީގެ އިންތިހާބީ ކޮމިޓީއިން ވަނީ މިއީ ސައްހަ، މިނިވަން އަދި އިންސާފުވެރި އިންތިހާބެއްކަމަށް ކަނޑައަޅާފައެވެ. އަދި މިހާތަަނަށް ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައި ނުވީ ނަމަވެސް މިހާރު އޮތް ވަގުތީ ނަތީޖާއަށް ބަދަލެއް ނާންނާނެކަމަށް އިންތިހާބީ ކޮމިޓީއިން ވަނީ ބުނެފައެވެ.

ޕާޓީއިން ކަނޑައެޅި ރިޔާސީ ކެނޑިޑޭޓު ރައީސް ސާލިހަށް ތާއީދުކުރުމަށް ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން މަޖުބޫރުކުރުވި ނަމަވެސް ރައީސް ނަޝީދު އަންނަނީ މިކަމާއި ދެކޮޅު ހައްދަވަމުންނެވެ. އަދި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެއްބަސްވާ ކެޑިޑޭޓެއްނަމަ ތާއީދުކުރަން ފަސޭހަވާނެކަމަށެވެ.

 

މީގެ އިތުރުން ރައީސް ސާލިހާއިއެކު ނިކުމެ އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިދާނެކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅު ނުކުރައްވައެވެ. މީގެ ކުރިންވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ރައީސް ސާލިހުގެ ސަބަބުން އެމްޑީޕީއަށް ވާނީ ގެއްލުންކަމަށެވެ. އަދި އެމަނިކުފާނު ގެންދަވަނީ ރައީސް ސާލިހުގެ ސިޔާސަތުތަކަށްވެސް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: