ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިޔުއެސްސީން ނައިފަރު ހޮސްޕިޓަލްގައި ޑައިލަސިސް ސެންޓަރެއް ގާއިމްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ އިޖްތިމާއީ ޒިންމާގެ ދަށުން ޅ އަތޮޅު ހޮސްޕިޓަލްގައި ޑައިލަސިސް ސެންޓަރެއް ގާއިމްކޮށްފިއެވެ.

ޅ އަތޮޅު ހޮސްޕިޓަލްގައި ގާއިމް ކުރެވުނު ޑައިލަސިސް ސެންޓަރު ހަދާފައިވަނީ  ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ބަލި މީހުންނަށް ހާއްސަ  ދެ އެނދާއި އެއް އައިސޮލޭޝަން ރޫމް އަދި ޑައިލަސިސް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްކުރެވޭނެ ގޮތަކަށެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި ޅ ނައިފަރުގައި ގާއިމްކުރެވުނު މި ޑައިލަސިސް ސެންޓަރު ތަރައްގީ ކުރުމުގެ މަގްސަދަކީ މި ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމެވެ.

އެގޮތުން މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން ފަސޭހަކަމާއެކު، ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދެވުމަށް ކުރަންޖެހޭ ހޭދައާއި ހިދުމަތް ހޯއްދެވުމުގައި އުފުލަންޖެހޭ ތަކްލީފްތަކަށް މި ސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.

ޅ އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު ބިނާކުރުމަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަނީ ހޭދަކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ އެކުންފުނިން ތަރައްގީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު ކުރިމަގުގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ދިވެހި މުޖްތަމައަށް ލާބައާއި މަންފާ ލިބިދެނިވި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: