ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލިދޫ އާއި ކެޔޮދޫ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވ ކެޔޮދޫ އާއި އެއަތޮޅު ފެލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ވ ފެލިދޫގައި 165 މީޓަރުގެ ބޮޑު ހިލައިގެ ވައި ގްރޮއިން ގާއިމް ކުރުމާއި، 129 މީޓަރުގެ ބޮޑު ހިލައިގެެ ގްރޮއިން ގާއިމް ކުރުމާއި 131 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ގާއިމްކުރުމާއި 15،000 ކޮޑި މީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރުން ހިމެނެއެވެ.

ވ ކެޔޮދޫގައި 280 މީޓަރުގެ ބޮޑު ހިލައިގެ ވައި ގްރޮއިން ގާއިމް ކުރުމާއި، 120 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަރ ގާއިމް ކުރުމުގެ އިތުރުން 20،000 ކޮޑި މީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކެޔޮދޫ އާއި ފެލިދޫގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ދެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުަމަށް ނިންމާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: