ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުއި ލޯނުގެ ލިމިޓް އިތުރުކުރިއަސް އެއީ ހަމަ ދަންމަޅިއެއް !

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނުގެ ލިމިޓް މިލިއަނަކަށް އިތުރު ކުރި ހަބަރު އަޑުތަކާ އެކު ގިނަ ބަޔަކު ލުއި ލޯނު ނެގުމަށް އަވަސްވެގަންނަ މަންޒަރު ފެނިގެންދެއެވެ.

ބީއެމްއެލްގެ 15 ޕަސެންޓް އިންޓްރަސްޓްގައި ދޫކުރާ ލުއި އެހެނަސް ބަރު ލޯނަކީ ހަގީގަތުގައިވެސް ތަކުލީފެއްގެ އިތުރުން ބޮޑު ވޭނެކެވެ. ބަރާބަރަށް ލޯނުގެ ފައިސާ ދައްކާ ހަލާސް ކުރަމުން ދިޔަ ނަމަވެސް އިންޓްރަސްޓް އަރައެވެ.

ލޯނު ދައްކާފައި ކުރާނެ އިތުރުކަމެއް ނޯންނަ ކަމަށްވެސް ލޯނު ނަގާފައިވާ ބައެއް ކަސްޓަމަރުން ވަނީ ބުނެފައެވެ. ބީއެމްއެލްގެ ލުއި ލޯނު ގިނަ ބަޔަކު ނަގަނީ ނަގަން ފަސޭހަވެފައި ލޯނު ނުނަގައި އިތުރުގޮތެއް ނެތުމުންނެވެ.

ލޯނުގެ ދަންތުރައިގައި ގިނަ ބަޔަކު ޖައްސައި އެލޯނުތަކުން ދިވެހި އެތަކެއް ރައްޔިތުން އަތުން ލޯނާ ނުބައްދަލު ފައިސާ ނަގަމުންދަނީ ހިތު ހުރި ގޮތަކަށެވެ.

ލޯނުގެ އިތުރުން ބީއެމްއެލް އިން ފައިސާ ގެއްލޭ މައްސަލަ އަށް އަދިވެސް ހައްލެއް ލިބިފައި ނުވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ.

ބީއެމްއެލް އަށް 40 އަހަރު ވީ އިރުގައި ހަމައެކަނި ބަދަލުވީ ނަންބޯޑްތަކާއި ބިލްބޯޑްތަކެވެ. ހިދުމަތާއި ހިދުމަތުގެ ފެންވަރާއި ކުރާ ޝަކުވާތައް ހުރީ ބަހައްޓާފައެވެ. އެކަމަށް އެއްވެސް އެދެވޭ ހައްލެއް ހޯދިފައިނުވާ ކަން ހިތާމައާއި އެކު ފާހަގަކުރަމެވެ.

މާޒީގައި ތަފާތު އެކި ލިންކް ތަކަށް ފިތައިގެންނާއި އެނޫން ގޮތްގޮތުންވެސް ފައިސާ ގެއްލޭ ވާހަކައިގެ އަޑުތައް ފެތުރިފައިވެއެވެ. އެކަންކަމުގެ ވާހަކަ ދެއްކި ނަމަވެސް އެކަން ހައްލު ނުވާނަމަ އެވާހަކަ ދެއްކުމުގެ އެއްވެސް ފައިދާ އެއް ނެތެވެ.

ބީއެމްއެލްގެ ސީއީއޯ އަހަރަކު އެއްފަހަރު ބަދަލުވާއިރު އެމަގާމަށް ދިވެއްސަކު ނުލަނީ ދިވެހިން ހިންގާ ބޭންކެއް ވީމަތޯ ހިތާ ހިތާ ސުވާލުކޮށްލެވެއެވެ. ކުންފުނީގައި ވަރުވަރުން ނަންކިޔާފައި ޑިޕާޓްމެންޓް ތަކާއި މެނޭޖަރުން ލާފައި ތިބެނީ ކުންފުނި ހަރުދަނާ ގޮތެއްގައި ހިންގުމަށްކަން ޔަގީނެވެ. އެހެން ނަމަވެސް ބީއެމްއެލް ނުހިނގަނީ ކޮން ސަބަބަކާ ހުރެގެން ކަމާމެދު ސުވާލު އުފެދެއެވެ.

ފައިސާގެ މުއާމަލާތްތަކުގައި ހާއްސަކޮށް ގެއްލޭ ފައިސާ އާއި އޮޅިގެން ޖަމާކުރެވޭ ފައިސާ ހޯދުމުގައި ބޭންކުން ވަނީ ރައްޔިތުންނަށް އިހުމާލު ވެފައެވެ.

ދިވެހި ރުފިޔާ އިންނާއި ޑޮލަރުން ރައްޔިތުންނަށް ވާ އިހުމާލުގެ ޒިންމާ ބޭންކް އޮފް މޯލްޑިވްސް ނުވަތަ ބީއެމްއެލް އިން ފުރިހަމައަށް ނަގަން ޖެހޭނެ ކަމަށް ބޭންކުގެ ކަސްޓަމަރުން ގަބޫލުކުރެއެވެ.

ޑޮލަރުގެ މުއާމަލާތްތައް ލިމިޓް ކުރުމަށްފަހު މިހާރު ޑޮލަރު އެކައުންޓުން ކާޑު މެދުވެރިކޮށް ދުވާލަކަށް 2000 ޑޮލަރު ނެގޭނެ ކަމަށް ދާދި ފަހުން ބޭންކުން ވަނީ ބުނެފައެވެ. ބޭންކަށް ދުވާލަކު ޖަމާކުރަނީ ދެހާސް ޑޮލަރެއް ނޫނެވެ. އަދި އާއްމު ފަރާތްތަކާއި ވިޔަފާރިވެރިންގެ އެކައުންޓްގައި ހަމައެކަނި ބެހެއްޓެނީ ދެހާސް ޑޮލަރެއް ނޫނެވެ. ވުމާއެކު ކޮންމެ މީހަކު ބޭނުންވާ ވަރަށް ކޮންމެ ވަގުތަކުވެސް ޑޮލަރު ނެގޭނެ ފަސޭހަ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހެއެވެ.

ބީއެމްއެލްގެ އޭޓީއެމްތައް މައްސަލަޖެހިފައި ހުންނަ ހުރުމަކީ އިއްތިފާގެއް ބާއޭ ނުވަތަ ހަމަ ހަގީގަތުގައިވެސް އެކަން ބޭންކަށް ނޭނގެނީ އޭ ހިތަށް އަރައެވެ. ހަމަ ޔަގީނުންވެސް އޭޓީއެމް އަކުން ފައިސާ ހުސްވެ ވަގުތީ ގޮތުން ހިދުމަތް ކެނޑުނުކަން ބީއެމްއެލްއަށް ނޭނގި ނުދާނެއެވެ. އޭޓީއެމް ކުރިމަތީގައި ކެމެރާއެއް، އޭޓީޢެމް ސެންޓަރުތަކުގައި ވަށައިގެން ކެމެރާ ހަރުކޮށްފައި ހުންނައިރު އަދި އޭޓީއެމް މެޝިންތައް ބީއެމްއެލްގެ ސާރވާގެ ތެރެއިން ގުޅާލެވިފައިވާއިރުގައި އެކަން ނޭނގި ނުދާނެ ކަމަށް ގަބޫލުކުރަން ދަތިވަނީއެވެ.

ބީއެމްއެލް އޭޓީއެމްތައް ގާއިމްކުރެވިފައި ހުންނަ ސަރަހައްދު ތަކާއި މީހުން ދިރިއުޅޭ ހިސާބުތަކާއި ދުރުކަމާއި އޭޓީއެމް މަދުކަމަކީ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ދަތިތަކާއި ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ގަބޫލުކުރެވެއެވެ.

އޭޓީއެމްތައް އިތުރުކޮށް ހިދުމަތް ރަނގަޅުކުރުމަކީ މިވަގުތު ބީއެމްއެލް ފަދަ ދުވަސްވީ ބޭންކަކަށް މުހިއްމު ކަމެކެވެ.

ބީއެމްއެލްގެ މޮބައިލް އެޕް ޑައުންވާ މައްސަލަ އަކީ ކޮންމެ މަހަކު ތިން ހަތަރު ފަހަރު ދިމާވާ މައްސަލައެކެވެ. އެޕްލިކޭޝަން ތަކަކީ އަޕްގްރޭޑް ކުރަންޖެހޭ ގޮތަށް ފަރުމާކުރެވިފައިވާ ތަކެތި ނަމަވެސް ކޮންމެ މަހަކު ތިން ހަތަރު ފަހަރު އަޕްގްރޭޑް ކުރަން ހަދައިގެން ހިދުމަތަށް އޭގެ ގެއްލުން ލިބޭނަމަ އެއީ ޑައުންގްރޭޑެކެވެ.

ބީޢެމްއެލް އިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސާރވޭތައް ކުރިއަށް ގެންދިޔަ ނަމަވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތާއި ކުރެވެމުންދާ މަސައްކަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާތަނުގައި ފައިސާ ގެއްލިގެން އެފައިސާ ހޯދައިދީ އެފައިސާ ހޯދުމަށް ބީއެމްއެލް އިން ކޮށްދިން މަސައްކަތުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެންމެ މުހިއްމު ކަމަކަށް ބީއެމްއެލްއަށް ގޯހެއް ހެދޭ ކަމާއި ބީއެމްއެލްގެ އިހުމާލުން ކަންކަން ގޯސްވެގެން ދާ ކަން ގަބޫލުކުރަން ތައްޔާރެއް ނޫނެވެ. އެނޫން ކަމަށްވާނަމަ އެވާހަކަ ބުނާނެއެވެ. އަދި ކަސްޓަމަރުންގެ ކިބައިން މައާފަށް ވެސް އެދޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ވިޔަ ނުދިނުމަށް ކުރާނެ ކަންކަމުގެ ލަފާ އާއި އިރުޝާދު ބީއެމްއެލް އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ.

މިއަދު ބީއެމްއެލްގައި ގިނަ ރައްޔިތުންގެ ބޭންކެ އެކައުންޓް ހުޅުވާފައިވާތީ ރައްޔިތުންގެ ފައިސާ ގެއްލޭ ކަން ކުޑަކަމެއްގެ ގޮތުގައި ދެކެވެނީ ކަމަށް ވެދާނެއެވެ. ނަމަވެސް މާދަމާ ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިތިބި ފަރާތްތަކުން އެމީހުންގެ ފައިސާ އެހެން ބޭންކް ތަކަށް ބަދަލުކޮށް ބޭންކާއި މެދު ކުރި އިތުބާރު ގެއްލިއެއްޖެނަމަ ހަމަ ޔަގީނުންވެސް އެކަމާ ހިތާމަކުރާނެއެވެ.

މިއަދު ރައްޔިތުންގެ ޝަކުވާތަކުގެ އަޑު ނާހާ ކުރިއަށް ދިއުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ. ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަކީ ވެސް ބޭންކަށް މުހިއްމު ކަސްޓަމަރުން ކަން ހަމަ ޔަގީންވެއެވެ. އެހެންކަމުން ކޮންމެ މީހެއްގެ އެކައުންޓް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބީއެމްއެލްގެ މައްޗަށް ވާޖިބު ކަމެކެވެ.

ބީއެމްއެލް އިން ކަމެއް ދިމާވާރިއަށް ނޫސްބަޔާނެއް ނެރެލައި އެކަން ކުށްވެރިކޮށް ނުވަތަ ވާހަކަތައް ދޮގުކޮށް އަދި އެކަމަކީ އެހެން ގޮތަކުން ދިމާވި ކަމެއްކަމަށް ހެދުމުގެ ނަތީޖާ ފެންނަމުންދަނީ ވަރަށް ވެސް ހިތިކޮށެވެ

އާހިރުގައި ބީއެމްއެލްއިން ކަންކުރަމުންދާ ގޮތުގެ ސަަބަބަުން ކަސްޓަމަރުންގެ މާޔޫސްކަން ވަނީ އިތުރެވެ. ހިދުމަތް ހޯދާ އެންމެހާ ކަސްޓަމަރުން އެދެނީ ބީއެމްއެލް ރަނގަޅު ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނެ ދުވަހެެއް ފެނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަޅުގަނޑް ޕްރޮޕޯސް ކުރީ އެއްމިލިއަން އަތަށް ލިބުނީ ނުވަލައްކަ މިޙާރު އަޅުގަނޑް ދައްކައިފިން ބޭންކަށް އެއްމިލިއަން ނުވަލައްކަ ސާޅީސް އަށްހާސް އަށްސަތޭކަ ރުފިޔާ އަދިވެސް ދެލައްކައެއްހާ ރުފިޔާ އެބަހުރި ބޭންކަށް ދައްކަންޖެހޭ މީވާ ދިވެހި ރައްޔަތުންގެ ބޭންކަކޯ ހުރިހާ ދިމާލަކުން ވެސް ނިކަމެތި މީހާ ލޫޓްވާލަނީ މީވާ ގައުމަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: