ފަސްއަހަރުގެ ދައުރު ނިމޭއިރުވެސް މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެފައި ނުވާތީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ މިދަނީ 5 ވަނަ އަހަރު ގުނަމުން ކަމަށާއި ކޮންމެ ރިޔާސި ބަޔާނެއްގައި މިއަހަރު ދޭނެ ކަމަށް ބުނާ ކަމަށެވެ
މިދަނީ 5 ވަނަ އަހަރު ގުނަމުން. ކޮންމެ ރިޔާސީ
ބަޔާނެއްގަ “މިއަހަރު ދަޭނަން ، މިއަހަރުދޭނަން، މިއަހަރު
ދޭނަން-“ ދެން އިތުރު އަހަރެއް ނެތްކަން އިގުމުން މިބުނީ
އަދި ދެގުނަކޮށްލާފަ ލިޔުން ދޭނަމޯ. ރައްޔިތުންނަށް
އޮޅުވާނުލާ. މަކަރާ ޖަހައިގެން ދުނިޔެ ކެވޭނީ ކޮންމެވެސް
ވަރަކަށް. https://t.co/UyNZr32lUc
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) February 6, 2023
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ސަރުކާރުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 5000 ގޯތީގެ އިތުރުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދު އިތުރުކުރަން ރައީސް ކަނޑައެޅުމާއި ގުޅިގެން އަލީ އާޒިމް ވިދާޅުވީ އިތުރު އަހަރެއް ނެތްކަން އިނގުމުން ދެގުނަ ކޮށްލާފައި ލިޔުން ދޭނެ ކަމަށް ބުނާ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލުލާ މަކަރާ ޖަހައިގެން ދުނިޔެ ކެވޭނީ ކޮންމެވެސް ވަރަކަށް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި، ފްލެޓުގެ މަސައްކަތް ނިންމއި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ހަމައެކަނި ސަރުކާރަށް މި ސަރުކާރު ވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ޖާގައިގެ ގޮތުން ތަނަވަސް އަދި ހިތް ފަސޭހަ ފްލެޓުތަކަށް ވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިއަދު ހާމަކުރެއްވި ގޮތުގައ މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20،697 އެޕްލިކޭޝަނެއް ލިބުނެވެ. އަދި ގޯތި ހީދުމަށް 15،164 އެޕްލިކޭޝަން ލިބިފައިވާއިރު އެ ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިން ލޯނު ކަމަށެވެ. އަދި ހުސްވި ޖެނުއަރީ މަހުގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބިފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އޭގެ 55 އިންސައްތަ ލޯނު އެޕްރޫވް ކުރެވިފައިވާ ކަމަށެވެ. އަދި 249 މީހަކާއި އެކު އެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިފައިވާކަން ހާމަކުރެއްވި އެވެ.

