ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތީ މަންފާއެއް ހޯދުމަށް ތިލަފުށިން ބިން ވިއްކުން ހުއްޓާލުމަށް ގޮވާލަން: އާދަމް ޝަރީފް

މައްސަލަ މަޖިލީހަށް ހުށައެޅުއްވި އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދާމް ޝަރީފް އުމަރު މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށައަޅުއްފައިއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ، ގްރޭޓާރ މާލޭގެ ގޮތުގައި ބެލެވޭ ތިލަފުއްޓަކީ ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން ތަރައްގީ ކުރަމުން އަންނަ ދިވެހިރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހާއްސަ ކުރެވިފައިވާ ރަށެއްކަމަށެވެ.

އެނާ ވިދާޅުވީ، ބިމުގެ ދަތިކަން މާލޭ ސަރަހައްދުގައި ހުރި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އިރު، ބީލަމުގެ އުސޫލުން ބިދޭސީންނަށް 99 އަހަރަށް ބިން ވިއްކުމުން ދިވެހި ވިޔަފާރިވެރިންނަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ. އަދި އެކަމުގެ އަސަރުތައް ދިވެހި އިގްތިސާދަށްވެސް ކުރާނެކަމަށާއި ބިން ގަތުމުގެ ވާދަވެރިކަމުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބިދޭސީންނާއި ވާދަ ކުރަންޖެހޭނެ އުސޫލެއް އޮތުމުން ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ ރާއްޖޭގެ ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ބިދޭސީންނަށް ލިބިގެންދާކަމަށް އެނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ވަގުތީ މަންފާއެއް ހޯދުމަށް ނުވަތަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ބިދޭސީންނަށް 99 އަހަރަށް ނުއަގުގައި ބިން ވިއްކުމުން ނޭދެވޭ އަސަރުތައް ކުރާނެކަމަށްވުމުން އެކަން ކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ވަނީ ބޭރު ކޮށްލާފައެވެ. އެގޮތުން މައްސަލަ ބަލައި ގަތުމަށް ފެނޭތޯ ނެގި ވޯޓުގައި 36 މެމްބަރުން ވޯޓު ދެއްވީ މައްސަލަ ބަލައި ނުގަތުމަށް ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 9 މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: