ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ މުޒާހަރާއިން ހައްޔަރުކުރި ބައެއް މީހުން އަދިވެސް ބަންދުގައި!

މުޒާހަރާގެ ބައިވެރިން ހައްޔަރުކުރާ މަންޒަރު. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔަ މަޖިލީސް ހުޅުވާ ރިޔާސީ ބަޔާން އިއްވުމާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި 3 މީހުން އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާއަކަށް މައުލޫމާތުދެއްވާފައިވާ ގޮތުގައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ މުޖްލަ 20 މީހުންނެވެ. އަދި ރޭގެ ވަގުތެއްގައި އޭގެ ތެރެއިން 17 މީހުން ދޫކޮށްލާފައިވާކަމަށް ބުނެފައިވާއިރު، އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިން މީހަކު އެބަހުރިކަމަށް ބުނެފައިވެއެވެ.

2023 ވަނަ އަހަރަށް އިއްވާ ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރިޔާސަތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދިނުމާއިއެކު މަޖިލީހުގައި ތިއްބެވި އިދިކޮޅު ތަމްސީލްކުރާ މެންބަރުން ވަނީ އަޑުގަދަ ކޮށްފައެވެ. އަދި ރައީސް ސާޅިހުގެ ކުރިމަތިފުޅުގައި ތިބެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވުމުން، ަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތްކުރަނީކަމަށް ބެލެވޭތީ ރިޔާސަތުން ވަނީ އިދިކޮޅުގެ ތިން މެންބަރެއްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް އަންގާފައެވެ.

އޭގެ ތެރޭގަިއ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފްގެ ނަމާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝީޔާމްގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދުގެ ނަން އިއްވާފައިވެއެވެ. ތަޅުން ދޫކޯށް ދިއުމަށް މެންބަރުން ދެކޮޅު ހެދި ނަމަވެސް މަޖިލީހުގެ އަންހެން ސެކިއުރިޓީއިންނާއި ފިރިހެން ސެކިއުރިޓީއިން ވަނީ މެންބަރުން ތަޅުމުން ބޭރުކޮށްފައެވެ.

މިކަންކަމާއި ގުޅިގެން އިދިކޮޅުން ވަނީ ހެދުނުން ފެށިގެން މެންދުރާއި ހަމައަށް މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ރޫޅާލުމަށްޓަކައި ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައިވާއިރު، މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ލިބިފައިވާކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: