ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި

ކ. ތިލަފުށި
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލާފައިވާކަން ހައުސިންގް ޑިވެލޮޕްމެންޓު ކޯޕަރޭޝަން( އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

ސިނާއީ މަސައްކަތްތަކަށް ތިލަފުށީގެ ދެވަނަ ފިވަހިން ބިން ދޫކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން އިއުލާނުކޮށް އެޗްޑީސީއިން ބުނެފައިވާގޮތުން، ބިން ވިއްކާނީ 6 ވައްތަރެއްގެ ޕްލޮޓުގެ މައްޗަށް ބަހާލައިގެންނެވެ. އަދި ޖުމުލަކޮށް 50 ޕްލޮޓު ދޫކުރުމަށް ކަނޑައަޅާފައިވާކަންވެސް އެ ކުންފުނިންވަނީ ހާމަކޮށްފައެވެ.

ޓައިޕް އެކެއްގެ 14 ޕްލޮޓު ދޫކުރުމަށް ކަނޑައެޅިފައިވާއިރު، ޓައިޕު ދެއެއްގެ ދަށުން 20 ޕްލޮޓު އަދި ޓައިޕް ތިނެއްގެ 7 ޕްލޮޓާއި ޓައިޕް ހަތެރެއްގެވެސް 7 ޕްލޮޓު އަދި ޓައިޕް ފަހެއްގެ 1 ޕްލޮޓުގެ އިތުރުން ޓައިޕް ހައެއްގެވެސް 1 ޕްލޮޓު ދޫކުރާނެކަމަށް ބުނެފައިވެއެވެ.  އެންމެ ކުޑަ ޕްލޮޓުތައް ކަމަށްވާ ޓައިޕް އެކެއްގެ ބޮޑު މިނުގައި 2500-4999.99 އަކަ ފޫޓު ހުންނައިރު، އެންމެ ބޮޑު ޕްލޮޓުކަމަށްވާ ޓައިޕް ހައެއްގައި 30،000-35،000 އަކަ ފޫޓު ހުރެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން، މި ބިންތަކަށް ކޮންމެ މީހެއް އަދި ކުންފުންޏަކަށްވެސް ކުރިމަތިލެވޭނެއެވެ. އަދި ދިވެހިންނަށް ދޫކުރާނީ “ފްރީ ހޯލްޑް ރައިޓްސް” ކަމަށްވާއިރު، ބޭރު ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކަށް ދޫކުރާނީ 99 އަހަރުގެ އެއްބަސްވުމެއްގެ ދަށުންކަމަށް ބުނެފައިވެއެވެ. ބިމުގެ އަގަކީ ކޮންމެ އަކަ ފޫޓަކަށް 1700 ރުފިޔާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: