ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގައި ހިއްކާ ބިމުގެ 90 އިންސައްތަ ދޭނީ ދިވެހި ވިޔަފާރިތަކަށް: އެޗްޑީސީ

އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި އަލަށް ހިއްކުމަށް ކަނޑައެޅިފައިވާ ބިމުގެ 90 އިންސައްތަ ހާއްސަ ކުރެވިފައިވަނީ ކުލި ކޮންޓްރޯލް ކުރާ އުސޫލެއްގެ ދަށުން ދިވެހި ވިޔަފާރިތަކަށް ދޫކުރުމަށްކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

ތިލަފުށިން ބިން ވިއްކުމާއި ގުޅޭ ގޮތުން އެޗްޑީސީ އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ސަރުކާރާއި އެޗްޑީސީ ގުޅިގެންދަނީ، ދިވެހިރާއްޖޭގައި ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ދެނެގަނެ، ހައްލުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، ހައްލުތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިލަފުށީގައި ބިން އިތުރުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިންދަނީ ސަރުކާރާއި ގުޅިގެން ކުރަމުންނެވެ. އެހެންކަމުން ބިމުގެ ަދަތިކަމާއި، އެކަމުގެ ސަބަބުން ކުލި ބޮޑުވެ ބިމުގެ އަގު އުފުލުން ހައްލު ކުރުމަށް ތިލަފުށީގައި ޖުމުލަކޮށް 150 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، ތިލަފުށިން ހިއްކާ ބިމުން 50 ބިމެއް މިހާރުވަނީ ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައެވެ. އެހެންނަމަވެސް ހިއްކާ ސަރަހައްދުގެ 90 އިންސައްތަ ހާއްސަ ކުރެވިފައިވަނީ ދިވެހި ވިޔަފާރިތަކަށް ކަމަށާއި، އެ ބިންތައް ދޫކުރާނީ ކުލި ކޮންޓްރޯލް ކުރެވިގެންކަމަށްވެސް ބުނެފައިވެއެވެ.

އެޗްޑީސީ އިން ބުނެފައިވާގޮތުން ބޭރުގެ ކުންފުނިތަކަށް ތިލަފުށީގެ މަދު ބިންތަކަކަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާނަމަވެސް އެ ކުންފުނިތަކުންވެސް އަމަލު ކުރަންޖެހޭނީ ރާއްޖޭގައި މިހާރު ހެދިފައިވާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުންނެވެ. އަދި މަސްވެރިކަން ދަނޑުވެރިކަންފަދަ ދިވެހިންނަށް ހާއްސަ ކުރެވިފައިވާ ވިޔަފާރިތަކަށް މި ކަމުގެ ސަބަބުން އަސަރެއް ނުކުރާނެކަަމަށް ބުނެފައިވެއވެެ.

އެ ކުންފުނިން ބުނެފައިވާގޮތުން މި ކަމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ. އަދި މަޝްރޫޢުގެ މަގުސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުއިތަކެއް ހޯދައިދިނުމާއި ދިވެހި ވިޔަފާރިތައް އިތުރު ކުރުންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: