ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ރައްޔިތުންނަށް ދޭންބުނި ގޯތީގެ އަދަދު އިތުރުކުރަނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން: އާދަމް ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލޭ ރައްޔިތުންނަށް ދިނުމަށް ވައުދުވި ގޯތީގެ އަދަދު އިތުރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ނިންމެވީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށް ފަަހު ޕްރޮގްރާމްގައި އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރައްޔިތުންނަށް ދަޅަ ދައްކަމުންދާ ކަމަށެވެ.

ޒިންމާދާރު ވެރިކަމެއް ކުރާ ބައެއް ނަމަ އާ އަދަދުތަކެއް ނުވެސް ކިއުއްވާނެ. މިހާރު އެދައްކަވާ ހުރިހާ ވާހަކައަކީ ހަމަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައްޔިތުންނަށް ދަޅައެއް ދެއްކުމަށް ދައްކާ ހުވަފެންތަކެއް. އެއީކީ ހަގީގަތުގައި ހަގީގަތަކަށް ވާނެ ކަންތައްތަކެއްވެސް ނޫން. އަދި މިހާތަނަށް އައި އިރު އެއިން އެއްވެސް ވައުދެއް ނުފުއްދުނީމަ ގަބޫލެއް ނުކުރެވޭ ތިއިން އެއްވެސް ކަމެއް ކުރެވޭނެ ކަމަކަށް.

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން މިއަދު މިސަރުކާރުން ދައްކާ ވާހަކަތައް ގަބޫލު ނުކުރާ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވި ދުވަހު މަޖިލީހުގައި އިދިކޮޅާ މެދު އަމަލުކުރެވިގެން ދިޔައީ ވަރަށް ހަރުކަށިކޮށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގައި ރިޔާސީ ބަޔާން އިއްވި ދުވަހުގެ ޖަލްސާ ހިނގާދިޔައީ މިޒަމާނުގެ ތަހުޒީބީ ވިސްނުމެއްގެ ތެރެއިން މަޖިލިސް ހިނގަމުންދާނެ ގޮތާއި ވަރަށް ތަފާތު، ހުދުމުހުތާރު ގޮތަކަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ،

ރިޔާސީ ބަޔާން އިއްޔި ދުަވަހު މަޖިލީހުން ފެނިގެން ދިޔައީ މަލްޓި ޕާޓީ ޑީމޮކްރަސީއެއްގައި ހިމެނޭ އެންމެ މުހިއްމު އެއް ގުނަވަން ކަމަށްވާ ވާދަވެރި އިދިކޮޅު ޕާޓީގެ އަޑު ކަނޑުވާލި މަންޒަރު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ސާލިހް ރިޔާސީ ބަޔާން ދެއްވިއިރުގައި އެ ޖަލްސާގައި އިދިކޮޅުގެ އެއްވެސް މެމްބަރަކު ނެތް ކަމަށެވެ. އެހެންކަމުން ފެނިގެންދިޔައީ މަލްޓި ޕާޓީގައި ވަރަށް އަނދިރި ދުވަހެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރިޔާސީ ބަޔާން އިއްވި ޖަލްސާ އަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ހާޒިރުވެފައި ނެތް ކަމަށެވެ.

އޭގެ މާނައަކީ މާލޭގެ ގިނަ ބޭފުޅުން، ނުވަތަ މާލެ ތަމްސީލު ކުރައްވަން ތިއްބެވި ގިނަ ބޭފުޅުން އެއަކު ނެތޭ. ހަމައެއާއެކީގައި ބައެއް އަތޮޅުތަކަށް ނިސްބަތްވާ ބޭފުޅުންނެއްވެސް ނެތް. އެހެންވީމަ ކުރުކޮށް ދަންނަވާ ކަމަށްވާނަމަ، ހަގީގަތުގައި ރާއްޖޭގެ ވަރަށް ކުޑަ އަދަދަކަށް ރިޔާސީ ބަޔާން އެ ހާއްސަ ކުރެވުނީ.

އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ބަޔާނުން އެކަހެރިކުރުމާއި ތަފާތުކުރުންތައް ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ.

ދެން އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުތައް ހުންނަ ގޮތަކީ އެކި އިންތިހާބު ކައިރިވާ ވަރަކަށް އެކި ވާހަކަތައް ވިދާޅުވަމުން ގެންދަވާނެ. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ގޯތި ގެދޮރު ގެ ވާހަކަ ދައްކަވާއިރު އަދި މިހާތަނަކަށް އެންމެ ފްލެޓެއްވެސް އެޅުއްވުނީކީ ނޫން.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ވެރިންގެ ތެރެއިން ނަތީޖާ ނެރެދެއްވި ރައީސް އަކީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ.

މީގެ އިތުރުން މިހާރު ދިވެހިރާއްޖޭގައި ހުންނެވި އެންމެ މަޝްހޫރު ސިޔާސީ ބޭފުޅަކީ ރައީސް ޔާމީން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: