ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު “ލިމިޓްލެސް” ސޯޝަލް މީޑިއާ ޑޭޓާ، ކޯލްސް އަދި އެސް.އެމް.އެސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް މިހާރު “ލިމިޓްލެސް” ސޯޝަލް މީޑިއާ، އެސް.އެމް.އެސް އަދި ކޯލްސް ލިބޭނެއެވެ.

އަޕްގްރޭޑްކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަކީ:

  • ޕޯސްޓްޕެއިޑް 1000: 40 ޖީބީ ކޯރ ޑޭޓާ + “ލިމިޓްލެސް” ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.
  • ޕޯސްޓްޕެއިޑް 1700: 100 ޖީބީ ކޯރ ޑޭޓާ + “ލިމިޓްލެސް” ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގުން  އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް ކަމަށް ދިރާގުގެ ކަސްޓަމަރ ވެލިއު މެނޭޖްމަންޓް މެނޭޖަރ އައިޝަތު އިޝާނާ ވިދާޅުވިއެވެ.  އިޝާނާ ވިދާޅުީި ގޮތުގައި ޕެކޭޖްތަކަށް ގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

އަޕްގްރޭޑްކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް  https://bit.ly/Dhiraagu-App  މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: