ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު އިމާރާތުގެ ސަބަބުން  ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އޮފީސްތައް ހިންގުމަށް ގާއިމް ކުރި އައު އިމާރާތުގެ ސަބަބުން  ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވާނެ: ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭގައި، ސަރުކާރުން ބިނާކުރެއްވި، ޢުމަރު ޒާހިރު ބިލްޑިންގ މިއަދު ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ ކުލީ ޢިމާރާތްތަކުގައިކަމަށް ވުމާއިއެކު ކުއްޔަށް ދައުލަތުގެ ބަޖެޓުން ބޮޑުހޭދައެއް ކުރައްވަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ހުޅުވިގެން ދިޔަ މި ޢިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ، އެ ދަތިކަމަށް ޙައްލެއް ހޯއްދެވުން ކަމަށެވެ. އަދި މި ޢިމާރާތުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ބަދަލުކުރެވިގެން ދާއިރު، އެކަމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ ޢިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވުންކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޢުމަރު ޒާހިރު އޮފީސް ޢިމާރާތަކީ 6 ފަންގިފިލާގެ އިމާރާތެކެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަޞީލަތްތަކާއެކު 25000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެއެވެ. މި އޮފީސް ޢިމާރާތާއި އެކު 21 ކާރާއި، 360 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއްވެސް ވަނީ ޤާއިމްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢުމަރު ޒާހިރު ބިލްޑިން ހުޅުވިގެން މިދަނީ، މިފަދަ ޢިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. މިގޮތުން ސަރުކާރުގެ އޮފީސް ޢިމާރާތްތަކުގެ ތެރެއިން، ހުރަވީ ބިލްޑިންގ ބައުވެ މިހާރު ތަޅާލާފައި ވާއިރު، ޣާޒީ ބިލްޑިންގ ވެސް ހުރީ ވަރަށް ބޮޑަށް ބައުވެ ބޭނުން ނުކުރެވޭވަރުވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރު، ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާއި އެކު ދިގުމުއްދަތެއްގައި ކޮށްދެއްވި ޚިދުމަތުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން، އުމަރު ޒާހިރު އޮފީސް އިމާރާތް ބިނާކުރެވިފައި ހުރި، ހުޅުމާލެއަކީ، ޢުމަރު ޒާހިރުގެ ވަރަށް ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއްކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: