ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ދަނގަޑު ވިޔަފާރިއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދޫކުރަނީ

ހުޅުމާލެ ފޭސް2ގައި އަޅާފައިވާ ހިޔާ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާދަނގަޑު ވިޔަފާރިކުރާ މީހުންނަށް ހުޅުމާލޭގެ ދެވަނަ ދިޔަވަހިން ކުރު މުއްދަތަށް ބިން ދޫކުރުމަށް ހައުސިންގ ޑިވޮލެޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މިގޮތަށް ބިން ދޫކުރުމުގެ އެންމެ ބޮޑު މަޤުސަދަކީ މިހާރު ގިނަ އަދަދަކަށް ވަގަށް ނަގާފައިވާ ދަގަނޑު ވިއްކުން އާއްމުވެ, ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި އޭގެ ވިޔަފާރި ކުރަމުން ދާތީ މިކަން ހުއްޓުވައި އުސޫލެއްގެ ތެރެއިން ބާދަގަނޑުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާއި ކުރިޔަށް  ގެންދިޔުމާއި ގުޅިގެން ގިނަ އަދަދެއްގެ ބާދަގަނޑު ފަދަ ތަކެތި އުފެދި، މިތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތްތައް ވަނީ އާންމުވެފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

މިގޮތުން، މިވިޔަފާރި ކުރަމުން ގެންދާ ބައެއް ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާކަން އެކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ބިން ހޯދުމަށް އެދޭ ފަރާތަކީ ވިޔަފާރި ހުއްދައާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައިވާން ޖެހޭނެއެވެ. އަދި އެކޯޕަރޭޝަނަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތެއް ކަމުގައިނުވުމަށްވެސް އެޗްޑިސީން ވަނީ ބުނެފައެވެ.

ފެބްރުއަރީ 15 އިން ފެށިގެން އާންމުންނަށް އުނދަގޫ ވާނެހެން މަގާއި ދުވާރު ބަންދު ކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: