ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަރީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، އެ ފައިސާ ދިނުމަށް އަމުރެއް ނުކުރެވޭނެ: ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގުވާ ނަމަވެސް، ހަތަރު އަހަރު ވަންދެން ނުދީހުރި ފައިސާ ދިނުމަށް އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ބުނެފިއެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށްވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަަށް 200 ރުފިޔާގެ ކުރިއެރުމެއް ދޭންޖެހެއެވެ. އެހެން ނަމަވެސް އެފައިސާ ނުދޭތާ ދެއަހަރު ވެއްޖެއެވެ.

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހައްގުވާ މުސާރަ ނުދޭތީ އެ މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އެކޮމިޝަނުން ނިންމި ނިންމުމުގައި ބުނެފައިވަނީ ހަތަރު އަހަރު ވީއިރު ވެސް މުސާރައިގެ ކުރިއެުން ލިބެންޖެހޭ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވި އޮތީ އެކަމަށް ބޭނުންވާ ދައުލަތުގެ ބަޖެޓް ހަމަޖައްސައި ނުދޭތީއެވެ. އަދި ބަޖެޓް ހަމަޖެހިފައި ނުވަނީސް އެފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ހިލާފް ކަމަކަށް ވާނެ ކަމަށާއި، އެހެންކަމުން މުސާރައިގެ ކުރިއެރުން ހައްގުވާ ނަމަވެސް އެފައިސާ ދިނުމަށް އަމުރު ނުކުރެވޭނެ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވެއެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ  މުސާރައިގެ އޮނިގަނޑު ހަމަޖެހިފައި އޮންނަ ގޮތުން، ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާވެސް ހިސާބު ކުރަނީ  މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ. އެހެންކަމުން މުސާރައިގެ  ކުރިއެރުން ނުލިބޭތީ  ޖުޑީޝަލް އެލަވަންސް އާއި އިތުރު  ގަޑީގެ ފައިސާގެ ކުރިއެރުމެއްވެސް މިހާރު ނުލިބެއެވެ.

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްގުވާ މުސާރައިން ނުލިބިވާ ފައިސާ ހޯދުމުގެ  މައްސަލަ، މުވައްޒަފުންތަކެއް ހުށަހެޅި ފަހުން  2017 ވަނަ އަހަރާއި 2018 ވަނަ އަަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 2019 ވަނަ އަހަރު ދޭންޖެހޭ ފައިސާގެ ތެރެއިން އެއްބައި މިދިޔަ މަހުގެ ތެރޭގައި ވަނީ ދީފައެވެ. ނަމަވެސް 2021 ވަނަ އަހަރު ދޭންޖެހޭ ފައިސާ އަދި މިހާތަނަށް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: