ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސަށް އަރުވައިފި

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް އެރުވުން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓު ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަރުވައިފިއެވެ.

ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބުން ރައީސް ސާލިހު އެމްޑީޕީގެ ރިޔާސީ ޓިކެޓު ޔަގީންކުރެއްވީ 61 އިންސައްތައާއިއެކުއެވެ. ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައީސް ސާލިހާއި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވަނީ 38.90 އިންސައްތަ ނުވަތަ 15،641 ވޯޓެވެ.

މި ނަތީޖާ ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާ، ރައީސް ނަޝީދަށް ތާއީދުކުރައްވާ ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ސިވިލް ކޯޓަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އަދި ރިޔާސީ ޓިކެޓު ހަވާލުކުރާ ޖަލްސާ ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވީ ނަމަވެސް، މިރޭ އެމްޑީޕީއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވަނީ ރައީސް ސާލިހާއި ރިޔާސީ ޓިކެޓު ހަވާލުކޮށްފައެވެ. އެމަނިކުފާނާއި ޓިކެޓު ހަވާލުކުރެއްވީ ޕާޓިގެ ޗެއާޕާސަން އަދި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލްއެވެ.

ޓިކެޓާއި ރަސްމީކޮށް ހަވާލުވެވަޑަިއގަތުމަށްފަހު ރައީސް ސާލިހު ވިދާޅުވީ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެޑިޑޭޓު ކަނޑައަޅާފައިކަމަށެވެ. އަދި ވިދާޅުވީ އެދުވަހު ދައްކުވައިދިނީ އެމްޑީޕީގައި ހިޔާލުތަފާތުވުންތަކަށް ޖާގަ އެބައޮތްކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނާއި ގުޅުން ހުރި ކަންކަމަށް ސަމާލުކަން ދޭ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ވިޝަނަރީ ޕާޓީއެއްކަން ދިވެހި ހުރިހާ ރައްޔިތުން ގަބޫލު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ. 2018 ގެ ރިޔާސީ އިންތިހާބެކޭ އެއްގޮތަށް، އެންމެން ގުޅިގެން ކުރާ މަސައްކަތުން ކުރިޔަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވި އެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: