ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއައްޒިފުންނަށް ދިމާވާ ދަތިތަކުގެ ވާހަކަތައް އަހައި އެކަންކަން ބަލައި ހައްލުކޮށްދެވެންޖެހޭނެ: ނައިބު ރައީސް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތަކުގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ ހަމަ އެކަނި ވާޖިބަކީ މަސައްކަތްތައް ކުރެވިފައިވާ ގޮތް ބެލުން ނޫންކަމަށާއި މުއައްޒިފުންނަށް ދިމާވާ ދަތިތަކުގެ ވާހަކަތައް އަހައި އެކަންކަން ބަލައި ހައްލުކޮށްދެވެންޖެހޭނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައިލެންޑު އޭވިއޭޝަންގެ ސްޓާފް ނައިޓު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އަގުވަޒަން ކުރުމަށް އަހަރީ ދުވަހެއް ފާހަގަކުރުން ނުވަތަ ސްޓާފް ނައިޓެއް ފާހަގަކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދައުލަތުގެ އެކި މަސައްކަތްތައް ކޮށްދެއްވާ ބޭފުޅުންގެ އަގު ވަޒަން ކުރެއްވުމަށް ވަރަށް އިސްކަން ދެއްވާކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ރަނގަޅު ކަމެއް ކޮށްފި ހާލަތެއްގައި އެކަން ކުރި މީހާ ނިސްބަތްވާ ރަށް ފަދަ މައުލޫމާތުތައް މުހިންމު ނޫންކަމަށެވެ. އަދި އެކަން ބަލައިގަންނަންޖެހޭކަމަށާއި އެކަމާއިމެދު ޝުކުރުވެރިވާންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އައިލެންޑު އޭވިއޭޝަންގައިވެސް ދިގުމުއްދަކަށް މަސައްކަތްކުރައްވާފައިވާ ބޭފުޅުން ތިއްބެވީ އެހެނިހެން ތަންތަނުގައި މަސައްކަތް ކުރެއްވުމަށް ފުރުސަތު ނުލިބިގެން ނޫންކަމަށެވެ. އަދި އެގޮތުގެ މަތީގައި ހުންނެވީ، ތަންދެކެ ވާ ލޮއިބާއިއެކު މަސައްކަތްވެސް ކުރައްވަން ބޭނުންވާތީކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މަސައްކަތްކުރާ ފަރާތްތައް ބަލައިގަންނަން ޖެހޭކަމަށެވެ. އަދި މުއައްޒިފުންގެ ކަންކަން ބެލެހެއްޓުންވެސް މުހިންމުކަމަށް ވިދާޅުވިއެވެ.

މުއައްޒިފުންނޭ ބުނުމުން އެއީ ފްރަންޓު ލައިނުން ފެނިގެންދާ ފަރާތްތައް އެކަނިކަމަށް ހީނުކުރެއްވުމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ، ފަހަތުގައި ނުފެނި މަސައްކަތްކުރަމުންދާ މުއައްޒިފުން މާ ގިނަ ވާނެކަމަށާއި ކުރާ މަސައްކަތްތައްވެސް މާ ބުރަ ވާނެކަމަށެވެ.

އެހެންކަމުން ކުންފުންޏެއްގެ މެނޭޖުމަންޓަށް މުއައްޒިފުންނަށް ވަގުތު ދީ އެ މުއައްޒިފުންގެ ކަންކަން ގާތުން ބެލެންވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މައްސަލަތަކާއި އަޑު އަހަންޖެހޭނެ ކަންކަން ހުންނާނެކަމަށެވެ. އަދި ކޮންމެ މުއައްޒިފަކީވެސް އާއިލާއެއް އޮންނާނެ މީހެއްކަމަށާއި އެހެންކަމުން އިސްކޮށް ތިބޭ މީހުންގެ ވާޖިބަކީ މަސައްކަތްތައް ރަނގަޅަށް ނިމިފައިވޭތޯ ބެލުން ނޫންކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މުއައްޒިފުންނަށް ދިމާވާ ދަތި އުނދަގޫތަކާއި ދިމާވާ ކަންކަމުގެ ވާހަކަތައްވެސް އެހެން ޖެހޭނެކަމަށެވެ. އަދި ބެލެން ޖެހޭނެކަމަށާއި މުއައްޒިފުންގެ ކަންކަން ހައްލުކޮށްދެވެންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން ދިގު މުއްދަތަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ފަހަތުގައިވާ އެންމެ މުހިންމު އެއް މަގުސަދަކީ އެކަންކަމަށް ސަމާލުކަން ގެނުވައި ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރު ކުރުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: