ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަންފުޅު ގެއްލުނުތާ 21 ދުވަސް، މާލޭގެ ބައެއް ސަރަހައްދުތައް ވެސް ބަލައިފި

އއ މަތިވެރިން ގެއްލިގެން ހޯދަމުންދާ ހަސަން އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

01 ފެބަރުއަރީގައި ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ އއ މަތިވެރި، ރިވެލި ހަސަންއަލީ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އަދިވެސް އޭނާ ނުފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހަސަން އަލީ ހޯދުމާއި ގުޅިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތް ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ހޯދުމަށް މާލޭގެ ބައެއް ތަންތަން ބަލާ ފާސްކޮށްފައިވާ ކަަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ ހަސަން އަލީ ހޯދުމަށް ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކާއި އިންޓަލިޖެންސަށް އޭނާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅުނު ރަށް ކަމަށްވާ މަތިވެރީގެ ކެފޭ ތަކާއި ރެސްޓޯރަންޓް ތަކާއި ފަޅު ގޯތި ތަކާއި ހުސްބިން ތަކުގެ އިތުރުން އޮޑި ދޯނި ފަހަރުތަކާއި ރަށުގެ އެކި ހިސާބުގައި ހުރި ސީސީޓީވީ ފުޓޭޖްތައް ބަލާފައިވާ ކަމަށެވެ. އަދި އޭނާއާ ބެހޭ މައުލޫމާތު އާއިލާ އާއި ހިއްސާ ކުރެވެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހަސަން އަލީ ހޯދުމަށް ކުރެވުނު މަސައްކަތުގައި ރަށުގެ ފަޅުތެރެއާއި ފަރާއި ކަނޑުގެ ސަރަހައްދު ފީނައިގެން ބަލާފައިވާއިރު، ކައިރި އެއްވެސް ރަށަކަށް އޭނާ ގޮސްފައިވޭތޯ ވެސް ފުލުހުންވަނީ ބަލާފައެވެ.

މީގެ އިތުރުން އޭނާއާއި ބެހޭ މައުލޫމާތު ރަށުގެ މީހުން ކައިރިން އަހައި އޮޅުން ފިލުވުމާއި އޭނާ އާއްމުކޮށްގޮސް އުޅޭ މީހުންގެ ކައިރިން ވަނީ ސާފުކޮށްފައެވެ. އަދި ހަސަން އަލީ ގެއްލިގެން މަތިވެރިން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ހޯދައި 157 ގަޑިއިރުގެ ފުޓޭޖް ވަނީ ދިރާސާކޮށްފައެވެ.

ހަސަން އަލީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ 9:30 ހާއިރު ރަށުގެ ފިހާރައަކަށް ވަދެނުކުމެ ވާ މަންޒަރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ، ފުލުހުންނަށް އެންގުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: