ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ރައީސް ސާލިހަށް ތާއީދު ކުރަން ނިންމައިފި

ރައީސް ސޯލިހު އަދި ހޯމް މިނިސްޓަރ އިމްރާން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދުކުރުމަށް ނިންމައިފިއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ސާލިހް އަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކާއި އާއިލާތަކުގެ ދުޅަހެޔޮ ކަމާއި އިޖްތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ވޭތުވެދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒްކުރަން ލިބުނު ފުރުސަތުތަކާއި ދިވެހި ރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ހާލަތުގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީވެސް އަދި އެ މަސްލަހަތު ހިމާޔަތް ކުރެވެން އޮތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އިބްރާހިމް މުހައްމަދު ސާލިހް އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް އަށް ތާއިދު ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށް އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: