ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްޕަރު ފަޅުން ފެނުނީ ތެޔޮ ބޯޓުން ގެއްލުނު މީހާގެ ހަށިގަނޑެއް ނޫން: ފުލުހުން

ތޮޔޮ ބޯޓުން ގެއްލުނު މުހައްމަދު ލިޓަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވ އަތޮޅުން ފެނުނު ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވ އަތޮޅު ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑަކީ ރާއްޖެއަށް އޮޔާ އައިފައިވާ ހަށިގަނޑެއްތޯ ބެލުމަށް އިންޓަރނޭޝަނަލް ޕާޓްނަރުންނާއި ވާހަކަ ދައްކަމުންދާ ކަމަށެވެ.

ވ އަތޮޅު ވެމްޕަރުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވަނީ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑުވަނީ ކަށިތައް ފެންނަ ވަރަށް ކުނިވެފައެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއްކަން ދެނެގަތުމަށް ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ އަންހެނެއް ނުވަތަ ފިރިހެނެއްގެ ހަށިގަނޑު ކަމެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. ޑީއެންއޭ ހެދުމަށް ސާމްޕަލް ނެގުމަށް ފަހު ހަށިގަނޑު މިހާރު ވަނީ ވަޅުލާފައެވެ.

ވ އަތޮޅުން ފެނުނު ހަށިގަނޑަކީ ވިލިމާލެއިން ފުރި ތެޔޮ ބޯޓުން ދަތުރުކުރި ބިދޭސި މީހާގެ ހަށިގަނޑު ނޫންކަން ކަށަވަރުކުރެވިފައިވާއިރު، ގެއްލިގެން ހޯދަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހައްމަދު ލިޓަން އެވެ. އޭނާ އަދި މިހާތަނަށް ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވިލިމާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ތެޔޮބޯޓުން ގެއްލިގެން މިހާތަނަށް ހޯދަމުން ދިޔައީ ދެ މީހެކެވެ. އެއީ ލިޓަން އާއި ދިވެހި ފިރިހެނެއްކަމަށްވާ މުހައްމަދު ނިޒާމް އެވެ.

ނިޒާމް ގެއްލިގެން ހޯދާތާ ތިން ދުވަސް ފަހުން މާލޭގެ ގެސްޓް ހައުސްއަކުން އޭނާ ފެނިފައިވާއިރު އޭނާ ވަނީ ލިޓަންގެ މަރުގެ ގާތިލްގެ ގޮތުގައި ތުހުމަތު ކޮށް ހައްޔަރު ކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: