ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީ ކޮންފަރެންސް: އިންތިހާބަކާއި ނުލާ ހޮވުނު މީހުންގެ ނަންތައް އިއުލާންކޮށްފި

ޖުމްހޫރީ ޕާޓީގެ ވޯޓްލުން ކުރިއަށް ދަނީ / ފޮޓޯ: ޖުމްހޫރީ ޕާޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމް ހޫރީ ޕާޓީގެ ފަަރާތުން ބާއްވާ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ފަރާތުން އިންތިހާބުތަކަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ވޯޓްލާން ނުޖެހި އިންތިހާބުވި މެމްބަރުންގެ ނަންތައް އިއުލާން ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސް ނުވަތަ ކޮންފަރެންސް ގައި މިއަދު ކުރިއަށްދަނީ ޕާޓީގެ އެތެރޭގެ އިންތިހާބެވެ. އެގޮތުން ވޯޓަކާއި ނުލާ މަގާމްތަކަށް ހޮވުނު ބޭފުޅުންގެ ނަންތައް ޕާޓީގެ ފަރާތުން ވަނީ އިއުލާން ކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ހޮވިފައިވަނީ މާމިނގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އެވެ. އަދި ޒުވާނުންގެ ލީގުގެ ރައީސް ކަމަށް ހޮވިފައިވަނީ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދެވެ.

ޒުވާނުންގެ ލީގުގެ ނައިބު ރައީސް ކަމަށް ޝުއައިބް ޝިފާޒް ޝަރީފް ހޮވިފައިވާއިރު އަންހެނުންގެ ލީގުގެ ސެކެޓްރީގެ މަގާމަށް އައިޝަތު ޝޫޒާ އަހްމަދު ވަނީ އިންތިހާބުވެފައެވެ.

ވޯޓާއި ނުލާ އިންތިހާބުވި މަގާމްތަކުގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިންތިހާބީ މަގާމްތަކުގެ ތެރޭގައި ހިމެނެނީ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނާއި ޒުވާނުންގެ ލީގުގެ މެމްބަރުންނާއި އަންހެނުންގެ ލީގުގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ގައުމީ ކޮންފަރެންސް އިން އިންތިހާބު ކުރާ 25 މެމްބަރުން ހިމެނެއެވެ. އެ ހުރިހާ މަގާމަކަށް ބޭފުޅުން އިންތިހާބު ކުރެވިގެންދާނީ ޕާޓީގެ ހުރިހާ މެމްބަރުން ވޯޓް ދީގެންނެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް އަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޕާޓީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: