ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މަސް ފަހުން ޓެކްސީ ކުރެވޭނީ ޓެކްސީގައި ކެމެރާ ހަރުކޮށްގެން!

މާލެ ސަރަހައްދުގައި ޓެކްސީ ބޭނުން ކުރަން ކަނޑައެޅި އަގުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމް މަސް ފަހު ޓެކްސީ ކުރެވޭނީ ޓެކްސީގައި ކެމެރާ ހަރުކުރުމަށް ފަހު ކަމަށް ޓޮރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ”ޓެކްސީ ގަވާއިދު“ އަށް ގެނައި އިސްލާހިގައި ބުނެފައިވާ ގޮތުގައި  ޓެކްސީގެ ބިއްލޫރި ކަޅުކުރެވޭނީ، މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަން ހުންނަ ވަރަށެވެ.

ޓެކްސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް، ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެންވާނެއެވެ.

މިގޮތަށް ކޮށްފައިވާ ރިކޯޑިންގތައް، އެ ރިކޯޑުކުރެވޭ ތާރީޚުން ފެށިގެން މަދުވެގެން 7 ދުވަހުގެ މުއްދަތަށް، އެ ޓެކްސީއެއްގެ ޓެކްސީ ސެންޓަރުން ބަލަހައްޓަންވާނެއެވެ. އަދި ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާތަކުގައި، ހުންނަން ޖެހޭނެ މިންގަނޑުތަކެއް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ހާޑް ޑްރައިވްގައި ވީޑިއޯ އެންކްރިޕްޓްކޮށް ރައްކައުކުރެވޭނޭހެން ހުންނަންވާނެއެވެ.

ހަމައެހެންމެ ޓެކްސީއަށް އަރާ ފަސިންޖަރުންގެ ރައްކައުތެރިކަމަށް ޓަކައި، ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯތައް އެހެން އެއްވެސް ޑިވައިސްއަކަށް އެޅުމާއި، ވީޑިއޯ ރިކޯޑިންގތައް އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކާ ހިއްސާ ކުރުމަކީ މަނާކަމެކެވެ. އަދި އެ ކެމެރާތަކުން ވީޑިއޯއާއެކު އަޑު ވެސް ރިކޯޑު ކުރެވެން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން  ޓެކްސީ ދުއްވަމުންދާއިރު، އެ ޓެކްސީއެއްގައި ކެމެރާ ހަރުކޮށްފައިވާކަމާއި، އެ ކެމެރާއިން ރިކޯޑު ކުރަމުންދާކަން، ފަސިންޖަރުންނަށް، ޓެކްސީ ޑްރައިވަރު އަންގަންވާނެއެވެ. އަދި  ޓެކްސީތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރިކޯޑުކުރާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި ވީޑިއޯ ރިކޯޑިންގތައް އޯވަރރައިޓް ކުރެވި، އިންސްޓޯލްކޮށްފައިވާ ސިސްޓަމް ސްޓޯރޭޖް ޑިވައިސްގެ ތެރޭގައި ރައްކައުކުރެވެންވާނެއެވެ.

ޓެކްސީގެ ގަވާއިދަށް އިސްލާހު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ގަވާއިދަށް ތިން މަސް ފަހުން އަމަލު ކުރަން ފަށާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: