ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ އަމިއްލަ ކެނޑިޑޭޓެއް ނެރެދާނެކަމާއިމެދު ޝަރީފްގެ ކަންބޮޑުވުން!

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ރައީސުލްޖުމްހުރިއްޔާއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެދާނެކަމާއިމެދު، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީއިން ކުރިއަށް ގެންދާ ކޮންފަރެންސްގައި އެ ޕާޓީގެ ކޮންގްރެސްއިންވަނީ ވަކިން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ނުވަތަ ޖޭޕީ އިސްކޮށް އޮންނަ ކޯލިޝަނެއް ހަދައިގެން ކުރިއަށް ދިއުމަށް ނިންމާ ލަފާ އަރުވާފައެވެ. ޝަރީފްވަނީ އެ ނިންމުމާއިމެދު އޭނާ ކަންބޮޑުވެވަޑައިގަންނަވާކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.

ކޯލިޝަން ހެދުމަށް އަލިއަޅުއްވައި ޝަރީފް ވިދާޅުވީ، އަބަދުވެސް އޮންނާނީ މައި ދެ ޕާޓީއެއް ކަމަށެވެ. އޭނާ ވިދާޅުވީ، އޮންނާނީ ވެރިކަން ކުރާ ޕާޓީއަކާއި އިދިކޮޅު މައި ޕާޓީއެއްކަމަށެވެ. އޭނާ ވިދާޅުވީ، ދެން ތިބޭ ކުދި ޕާޓީތަކަކީ ކޮންމެވެސް ސިފައެއްގައި މައި ޕާޓީތަކުގެ ބައިވެރިން ގޮތުގައި ތިބޭ ޕާޓީތަކެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ، ޖުމްހޫރީ ޕާޓީ މިހާރު އޮތް ކޯލިޝަނާއި ވަކި ވެއްޖެ ހާލަތެއްގައި އެ ޕާޓީވެސް ވެގެންދާނީ އޮޕޮޒިޝަން ޕާޓީތަކުގެ ތެރެއިން ޕާޓީއަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ޖޭޕީއިން އަމިއްލަ ކެންޑިޑޭޓެއް ނެރުމަށް ނިންމާ ހިސާބުން މިހާރު އެމްޑީޕީ އާއި އެކު އޮތް ކޯލިޝަން ނިމުމަކަށް އަންނާނެކަމަށެވެ. އެހެންކަމުން އެންްމެ ރަނގަޅު ގޮތަކީ މިހާރު އޮތް ކޯލިޝަން ދެމެހެއްޓުންކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހަށް ތާއީދު ކުރާ ފަރާތްތަކުން އެދެނީ މިހާރު އޮތް ކޯލިޝަން ރޫޅާ ނުލުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން ކުރުމުގެ ހުރިހާ ބާރެއްވެސް އޮތީ ޖޭޕީގެ އަތުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: