ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެޗްޑިސީއިން ސާރވޭއެއް ކުރަނީ

އެޗްޑީސީ/ ފޮޓޯ:- އެމްވީ ޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުލުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހިޔާލު ހޯދުމުގެ ސާރވޭ އެއް އެޗްޑީސީ އިން ކުރަން ނިންމައިފިއެވެ.

އެޗްޑިސީ އިން ބުނީ އެ ސާރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 27 ވަނަ ދުވަހުން އަންނަ މާޗް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ސާރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފްލެޓްތަކަށް ޒިޔާރަތް ކޮށް އޮންލައިން ފޯމެއް ފުރައިގެން ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އެގޮތުން މި ސާރވޭގައި އާމްދަނީ، ހަރަދު، ކޭޝް ކާޑު އަދި ބޭންކް އެކައުންޓްގެ މައުލޫމާތު ފަދަ އެއްވެސް މައުލޫމާތެއް ނުހޯދާނެ ކަމަށް ވެސް އެޗްޑިސީ އިން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ތިބޭނީ އެޗްޑީސީގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލެ ހިޔާ ސަރަހައްދުގައި ކުރިއަށް ގެންދާ ސާރވޭ އަށް ބޭނުންވާ އިތުރު މައުލޫމާތު ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި ގުޅާނީ އެ ކޯޕަރޭޝަންގެ ރަސްމީ ނަމްބަރުން ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންނަމަ އެކުންފުނީގެ ކޯލް ސެންޓަރު 1516 އަށް ގުޅުމަށް އެޗްޑީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޑިސީގެ ފަރާތުން މީގެ ކުރިންވެސް ހުޅުމާލޭގެ ދެވަނަ ފިޔަވާހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ވަނީ ސާރވޭއެއް ކުރިއަށް ގެންގޮސްފައެވެ. އެ ސާރވޭގައި ފްލެޓް ތަކުގެ ފިނިޝިންގ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި ޓަވަރު ތަކުގެ އާއްމު ތަންތަން ފޮޅާ ސާފުކުރާ މިންވަރު އޮޅުން ފިލުވައި ޓަވަރުތަކުގެ ސެކިއުރީޓީ ބެލެހެއްޓުމުގެ ހިދުމަތާއި ގުޅޭގޮތުން ވަނީ މައުލޫމާތު ސާފުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: