ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ދާއިރާއިން އެކަށޭނަ ޤާބިލު މީހުން އުފެއްދުމަކީ އިސްކަންދޭންޖެހޭ ކަމެއް: ނައިބް ރައީސް

ނައިބް ރައީސް ފައިސަލް ނަސީމް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ވަޞީލަތްތައް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކެކޭ އެއްފަދައިން އެކަށޭނަ ޤާބިލު މީހުން އުފެއްދުމަށް އިސްކަންދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) ރަސްމީގޮތުން އިފުތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ސަރުކާރަކީ އެއްތަނަކަށް ޖަމާވެފައިވާ ބާރުތައް ލާމަރުކަޒުކޮށް ރަށްތަކަށް ކައުންސިލްތަކަށް ދޫކޮށްލައި، ރައްޔިތުންނަށް ޚިދުމަތްތައް ފަސޭހަކޮށް ލިބޭގޮތަށް މަގުފަހިކޮށްދިނުމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މި ސަރުކާރުން ފެށި ދަތުރަކީ ހަޤީޤީ މާނައިގައި ރާއްޖެ ލާމަރުކަޒުކުރުންކަން ފާހަގަކުރައްވައި ލާމަރުކަޒީ ނިޒާމަށާއި ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުމަށް ކުރި މަސައްކަތްތަކާއި އެކަންކަމުގައި ހޯދުނު ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރޭގެ ރަސްމިއްޔާތުގައި އިފުތިތާޙްކުރި އެމް.އައި.އެލް.ޖީ އަކީ ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް ކަނޑައަޅައި އެތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ފެންވަރު ރަނގަޅު ތަމްރީނުތައް ހިންގުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ވެބްސައިޓް ވެސް އިފުތިތާޙްކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: