ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަކީ ކާކުކަން ޔަގީންކުރަން އިދިކޮޅުން ސުޕްރީމް ކޯޓަށް

އިދިކޮޅުން މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަރީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް ގެ ތެރެއިން މިވަގުތު ގާނޫނީ ރައީސް އަކީ ކޮންބޭފުޅެއްކަން ކަށަވަރު ކުރުމަށް އިދިކޮޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައީސް ސާލިހް ތައިރޮއިޑް އޮޕަރޭޝަނެއް ކުރުމަށް ސިންގަޕޫރަށް ވަޑައިގެން ކުޑަ ވަގުތުކޮޅަކަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވެރިކަމުގެ ހުވާ ކުރައްވައި ރައީސްގެ މަސްއޫލިއްޔަތާއި ހަވާލްވެފައެވެ.

ފައިސަލް ނަސީމް ރައީސްކަމުގެ މަސްއޫލިއްޔަތާ ހަވާލްވެފައިވަނީ 3 ގަޑިއިރަަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެހުވާ ކޮށްފައިވަނީ ގާނޫނު އަސާސީ އާ އެއްގޮތަށް ކަމަށް ވެސް ރައީސް އޮފީހުން އޭރު ބުނެފައިވެއެވެ.

ރައީސް ކަމުގެ ހުވާ ފައިސަލް ނަސީމް ކުރައްވާފައިވާތީ މިވަގުތު ގާނޫނީ ރައީސް އަކީ ކޮންބޭފުޅެއް ކަން ޔަގީން ކުރުމަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިދިކޮޅުގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ވަނީ ހުށަހަޅާފައެވެ.

ޕީޕީއެމްގެ ލީގަލް ޓީމްގައި ހިމެނޭ ވަކީލު އަހްމަދު ސިއްދީގް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަންނާނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ. ސިއްދީގު އެހެން ވިދާޅުވެފައިވަނީ މީގެ ކުރިން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވަނީ ބަލައިނުގަނެފައެވެ.

ސިއްދީގް ވިދާޅުވީ ފައިސަލް ނަސީމް ކުރެއްވި ރައީސް ކަމުގެ ހުވަޔަކީ ގާނޫނީ ގޮތުން ރަނގަޅު އަދި ގާނޫނު އަސާސީގައި އޮންނަ ހުވައެއްތޯ ސާފުކުރުމަށް ގާނޫނު މާނަ ކުރުމަށް އެދިފައިވާނެ ކަމަށެވެ.

ސިއްދީގް ވިދާޅުވީ ގާނޫނު އަސާސީގެ 126 ވަަނަ މާއްދާގައި ބުނާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމް ހުސްވެގެން އެއަށް ވަގުތީ މީހަކު އަންނަ ހިސާބުން މަޖިލިސްގެ ރައީސްގެ ކުރމަތީގައި ހުވާ ކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ ކުރިމަތީގައި ކަމަށް ސިއްދީގު ބުނެފައިވެއެވެ.

އެހެންކަމުން އެކަމުން އެނގިގެންދަނީ ދެ މުައައްސަސާ އަކަށް އެކަން  އޮޅިފައިވާ ކަމަށް ސިއްދީގް ވިދާޅުވިއެވެ. އެހެން ކަމުން އެމައްސަލަ އަކީ ކޯޓްތަކުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ސިއްދީގް ވިދާޅުވިއެވެ.

ރައީސް ކަމުގެ ހުވާ ކުރައްވަން ޖެހިވަޑައި ނުގަތަސް، ނައިބު ރައީސް އެ ކަން ކުރެއްވުމަކުން ރައީސް ސޯލިހްގެ މަގާމު ނުގެއްލޭނެ ކަމަށާއި، ގާނޫނީ ހުވާ ކުރައްވައިގެން ތިއްބެވި ދެ ރައީސުން ތިއްބެވުމުން ސުވާލުތަކެއް އުފެދޭ ކަމުގައި ވެސް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: