ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑް ކޮށްގެން ކަސްޓަމަރުންނަށް އިތުރު ޑޭޓާ

ދިރާގު ހެޑް އޮފީސް. ފޮޓޯ:އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑް ކޮށްގެން ކަސްޓަމަރުންނަށް މިހާރު އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި އަޕްގްރޭޑާއެކު ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖްތައް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ ހުރިހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތައް:

ޕޯސްޓްޕެއިޑް 550 ގެ ޕެކޭޖުން ކަސްޓަމަރުންނަށް ޖުމްލަ 20 ޖީބީ ޑޭޓާ ހިލޭ އެސްއެމްއެސް ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ކޯލް އަދި އެހެނިހެން ލޯކަލް ނަމްބަރުތަކަށް 1200 ހިލޭ ވޮއިސް މިނިޓް ލިބޭނެއެވެ. މީގެ ކުރިން މި ޕެކޭޖްގައި ހިމެނެނީ 10  ޖީބީ ޓޯޓަލް ޑޭޓާ އަދި 200 ހިލޭ ވޮއިސް މިނެޓްއެވެ.

ޕޯސްޓްޕެއިޑް 750 ގެ ޕެކޭޖުން ކަސްޓަމަރުންނަށް ޖުމްލަ 30 ޖީބީ ޑޭޓާ ހިލޭ އެސްއެމްއެސް އަދި ދިރާގައި އެހެނިހެން ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅާލެވޭނެއެވެ. ކުރިން މި ޕެކޭޖްގައި ހިމެނެނީ ޖުމްލަ 15 ޖީބީ ޑޭޓާއެވެ.

ދިރާގުން ދާދިފަހުން ވަނީ އެކުންފުނީގެ ޕޯސްޓްޕެއިޑް 1000 އަދި ޕޯސްޓްޕެއިޑް 1700 ޕްލޭންތައްވެސް އަޕްގްރޭޑް ކޮށްފައެވެ. އެގޮތުން ގެނެވުނު ބަދަލާއެކު މި ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ލިމިޓްލެސް ސޯޝަލް މީޑިއާ ޑޭޓާ، އެސްއެމްއެސް އަދި ދިރާގައި އެހެން ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅާލެވޭނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: