ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ބިން ވިއްކަން ހުޅުވާލައިފި

އެޗްޑީސީ/ ފޮޓޯ:- އެމްވީ ޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮފީސް އިމާރާތްކުރުމަށް ހުޅުމާލެއިން ބިންތަކެއް ވިއްކާލުމަށް އެޗްޑީސީއިން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ބިންވިއްކުމަށް އިއުލާނުކޮށް ބުނެފައިވާގޮތުން، އެ ކުންފުނިން ވިއްކުމަށް ހަމަޖެހިފައިވަނީ އޮފީސް އިމާރާތްކުރުމަށް ވިއްކޭ ބިންތަކެކެވެ. އަދި ދެ ވައްތެރެއްގެ ބިންތަކެއް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ބިން ވިއްކުމުގެ މަސައްކަތްތައް ކުރެވިގެންދާނީ އޮންލައިންކޮށްކަމަށްވެސް އިއުލާނުގައިވެއެވެ.

އެޗްޑީސިންވަނީ ޖުމުލަކޮށް 5 ބިމެއް ވިއްކާލުމަށް ހުޅުވާލާފައެވެ. ދޫކުރުމަށް ކަނޑައެޅިފައިވަނީ 6124 އަކަ ފޫޓުގެ ބޮޑު މިން ހުންނަ ޓައިޕް 1 ގެ ތިން ބިމާއި، ޓައިޕް 2 އެއްގެ ދެ ބިމެވެ. އެ ޓައިޕު ބިމުގެ ބޮޑު މިނަކީ 9633 އަކަފޫޓުކަމަށް އެ ކުންފުނީގެ އިއުލާނުގައިވެއެވެ.

އެޗްޑީސީއިން ވިއްކާލުމަށް ހުޅުވާލާފައިވާ ފަސް ބިމަށްވެސް ކުރިމަތިލެވޭނީ ސަތޭކަ އިންސައްތަ ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ކަމަށް ބުނެފައިވެއެވެ. މި ބިންތައް ވިއްކަން ހަމަޖެހިފައިވާ ބޭސް ރޭޓަކީ އަކަ ފޫޓަކަށް 4،500 ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: