ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4،000 ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ހިންގަން 17 ބިމެއް ވިއްކައިފިން: އެޗްޑީސީ

ހުޅުމާލެ: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަމުގެ ހަތަރުހާސް ޔުނިޓުގެ މަޝްރޫއެއް ހިންގުމަށް ފިނޭންސް މިނިސްޓްރީ އަދި ފަހިދިރިއުޅުން ކޯޕަރޭޝަނާއިއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 17 ބިމެއް ވިއްކާލާފައިވާކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

ދެވަނަ ފިޔަވަހީގައި 4000 އުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުމެއްގެ ދަށުން 17 ބިމެއް ވިއްކާފައިވާކަމަށް ފާހަގަކޮށް އެޗްޑީސީއިން ބުނެފައިވާގޮތުން މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ކޮށް ނިމުމުން ބިމުގެ މިލްކުވެރިކަން ބަދަލުކޮށްދެއެވެ.

އެހެންކަމުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށްފައިވާތީ ކޯޓުމެދުވެރިކޮށް މި މަހުގެ ތެރޭގައި ބިންތަކުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީގެ ނަން މައްޗަށް ބަދަލުކޮށްފައިވާނެކަަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ބަޔާނުގައި ވާގޮތުން، ހުޅުމާލޭގެ ބިން ހިއްކުމާއި، ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ އެ ކުންފުނިން އެކި ގޮތް ގޮތަށް ލޯނުތައް ނަގައި ހަރަދުތަކެއް ކޮށްގެންނެވެ. އެހެންކަމުން އެ ބިންތައް އެކި ބޭނުންތަކަށް ވިއްކުމަށްޓަކައި އަބަދުވެސް އަގުތަކެއް ކަނޑައެޅިފައިވާކަމަށް އެޗްޑީސީއިން ފާހަަގަކުރިއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން، ހިންގޭ ކޮންމެ މަޝްރޫއުއެއްގެވެސް ބިމުގެ އަގު ދެއްކުމުން އެ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެއެވެ. އަދި ބިންތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަން ތަރައްގީ ކުރުމަށް ބޭނުންކުރެވޭނެ ބިންތަކެއް ކަމަށްވުމުން ބިމުގެ އަގަކީ މަޝްރޫޢުތައް ހިންގާ އާންމުންނަށް ފޯރުކޮށްދޭއިރު، ލުއި އަގެއްގައި ދިނުމަށް މަގުފަހިވެގެންދާނެ ފަދަ ގޮތަކަށް ކަނޑައަޅާފައިވާ އަގެއްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: