ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޓޮން މަރާލީ ފައިސާގެ ބޭނުމުގައި މޫދަށް ވައްޓާލައިގެން: ޕީޖީ

ތޮޔޮ ބޯޓުން ގެއްލުނު މުހައްމަދު ލިޓަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ލިޓޮން މަރާލުމުގެ ތުހުމަތުގައި ގދ ތިނަދޫ މަނާރު މުހައްމަދު ނިޒާމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ދައުވާ ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ ހެދޭކުރި ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ލިޓޮން އަދި ގދ ތިނަދޫ މަނާރު މުހައްމަދު ނިޒާމް ހެދޭކުރި ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، ލޮޓިން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި ނިޒާމްގެ މައްޗަށް ދައުވާ ކުރުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ލިޓޮންގެ މަރުގެ މައްސަލައިގައި ނިޒާމްގެ މައްޗަށް 3 ދައުވާއެެއް ވަނީ އުފުލާފައެވެ.

ޕީޖީ އޮފީހުން ބުނީ ނިޒާމްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ވައްކަން ކުރުމުގެ ދައުވާ އާއި، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ޑައިމޯފިންގެ މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މަައްޗަށް 26 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ފަންސަވީސް ހާސް ރުފިޔާ އިން ފެށިގެން ފަސްލައްކަ ރުފިޔާ އާއި ދެމެދުގެ ޖޫރިމަނާ އެއް އަންނާނެއެވެ.

ޕީޖީ އޮފީހުން ބުނީ މުހައްމަދު ނިޒާމް، ލިޓޮން މަރާލާފައިވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި ލިޓޮން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި ކ ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި، އެކަން ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަަނަ ދުވަހުގެރޭ 7:00 އާއި 08:30 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

މީގެ އިތުރުން ހެދޭކުރި ދޯނީގައި ހުރި މުހައްމަދު ލިޓޮންގެ ފަންސާސް އެއްހާސް ރުފިޔާ އަށް ވުރެ ގިނަ ފައިސާ، މުހައްމަދު ނިޒާމް ވަނީ ވަގަށް ނަގާފައިކަން ހާމަވެފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: