ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ!

ޑރ.މުހައްމަދު މުނައްވަރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ބޭއްވި ޕްރެސްގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު 2023 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

އޭނާ ވަނީ ”2023 ޑރ މުނައްވަރު“ ޖަހާފައިވާ ޕޯސްޓެއް ޓުވީޓުގައި ހިއްސާކުރައްވާފައެވެ. މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެއްވަމުން މުނައްވަރު ވިދާޅުވެފައިވަނީ ގައުމަށް ފެތުރިފައިވަނީ މާޔޫސްކަމެއްކަމަށާއި، ގައުމު ގެއްލިގެން ދަނީ ކަމަށެވެ. އަދި ސިޔާސީ ފިކުރުތަކުގެ ނަމުގައި ގައުމު ބަހާލައިފިކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ. އަދި އިގްތިސާދީ ޙާލަތާއި ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކުރައްވާ މުނައްވަރު ވިދާޅުވެފައިވަނީ އިންތިހާބީ ބޭނުމަށް ގައުމުގެ ހާލަތު އިތުރަށް ގޯސްކުރަމުންދާކަމަށެވެ.

މުނައްވަރު ވިދާޅުވެފައިވާގޮތުގައި އޭނާ ނުކުންނަވާނީ ދިވެހި ރައްޔިތުންނާއެކު ކޯލިޝަނަކުންނެވެ.

މުނައްވަރު ވަނީ ރާއްޖޭގެ ބަންޑާރަ ނައިބުކަމުގެ މަގާމު 10 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ފުރުއްވާފައެވެ. އެއީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ޒައާމަތުގައެވެ. މުނައްވަރަކީ މިހާރު ވެރިކަމުގައި އޮތް އެމްޑީޕީގެ ދެވަނަ ރައީސްކަމުގައިވާއިރު، އޭނާ ވަނީ 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާރު އެ ޕާޓީގެ ރައިސްކަން ކުރައްވަމުންގެންދަވާ މުހައްމަދު ނަޝީދާއިވެސް ވާދަކުރައްވާފައެވެ.

އޭރު ލިބިވަޑައިގެން ނާކާމިޔާބީއާއިއެކު މުނައްވަރު ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުވާދެއްވާފައެވެ. ޑރ. މުނައްވަރަކީ ކަނޑުގެ ގާނޫނުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ބޭފުޅަކެވެ. އަދި އޭނާ ފޮތްތައް ދުނިޔޭގެ އެކި ޔުނިވާސިޓީތަކުގައި ރެފަރެންސެއްގެ ގޮތުގައިވެސް ބޭނުންކުރެއެވެ.

ޗާގޯސްގެ މައްސަލައާއި އަދިވެސް އެހެން މައްސަލަތަކާއި ގުޅިގެން ޑރ މުނައްވަރު ވަނީ މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ސިޔާސީ ގޮތުން ހަރަކާތްތެރނުވާތާ ގިނަ ދުވަސްތަކަކަށްފަހު މުނައްވަރު ފެންނަން ފެށީ ޗާގޯސްގެ މައްސަލަ ފެންމަތިވީ ހިސާބުންނެވެ. މައްސަލައިގައި ރާއްޖެއިން އަމަލު ކުރީ ގޯސްކޮށްކަމަށް ތަކުރާރު ކުރައްވައި މުނައްވަރު ވިދާޅުވެފައި ވަނީ ޗާގޮސް އަކީ މޮރީޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކޮށް އެކަން އިއުލާނު ކުރުމުން އެނގިގެން ދަނީ ސަރުކާރު ތަންދޮރު ނުފިލައި އޮތް މިންވަރެވެ. އޭނާ ވިދާޅުވީ ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ގައުމެއް ނޫންކަމަށް ރާއްޖެއިން ވަކާލާތު ކުރުމަށް ފަހު ޔޫޓާނެއް ނަގައި ބަސް ބަދަލު ކުރުމަކީ ހައިރާންވާވަރުގެ ނިންމުމެއް ކަމަށެވެ.

މިހުރިހާ ވާހަކަތަކަށް ފަހު މުނައްވަރު ވިދާޅުވީ ގައުމީ ހިދުމަތަށްޓަކައި ކުރައްވަންޖެހުނު ކޮންމެކަމެއްވެސް ކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: