ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގައި ތާރުއެޅިބައި އާއްމުންނަށް ހުޅުވާލައިފި

އަމީނީ މަގުގެ ތާރު އަޅާ ނިމުނު ބައި
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގައި ތާރުއަޅާ ނިމުނު ބައި އާއްމުން ބޭނުންކުރުމަށް ހުޅުވާލައިފިއެވެ.

މިއަދު ހުޅުވާލީ އަމީނީ މަގުގެ އިރުމަތީ ހިސާބުން ފެށިގެން ސްޓެލްކޯ އާއި ހަމައަށް ތާރުއަޅާފައިވާ ބައެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެވިޑް ކޮލެޖާއި ހިސާބުން އިމާދުއްދީން ސުކޫލާއި ހަމައަށް ރޯޑް ޑިވޮލަޕްމަންޓް ކޯޕަޜޭޝަން (އާރުޑީސ) ގެ ފަރާތުން މަސައްކަތް ކުރުމަށް ވަނީ ފަށާފައެވެ.

އާރުޑިސީ އިން ބުނީ ތާރު އެޅިބައި މިއަދު އާއްމުން ބޭނުންކުރުމަށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް މިވަގުތުގައި ވެސް އެ ސަރަހައްދުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ސްޓޯމް ވޯޓާ ސިސްޓަމް ގާއިމް ކުރުމަށް މޫނިމާ ހިނގުން އަދިވެސް ވަނީ ބަންދުކޮށްފައެވެ.

އަމީނީ މަގުގެ ތާރު އެޅިބައިގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީގެ ފަރާތުންނެވެ.

އާރިޑީސީ އިން އަމީނީ މަގުގައި ޕޭވްމަންޓްފެ މަސައްކަތް ނިންމާފައި އޮތް ހިސާބުނ އެމްޓީސީސީ އަށް ތާރުއެޅުމަށް ހަވާލުކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

އެމްޓީސީސީއިން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލެވިފައިވަނީ ހަފްތާއެއްގެ ތެރޭގައެވެ. އެމްޓީސީސީ އިން ވަނީ އަމީނީ މަގުގެ އިރުމަތިން ފެށިގެން ސްޓެލްކޯ އާއި ހަމައަށް ތާރުއަޅާ ނިންމާލާފައެވެ.

އަމީނީ މަގު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު 84 މިލިއަން ރުފިޔާ އަށެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯ މީޓަރުގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމް ކޮށް މަގު ބައްތި ޖެހުމާއި ބަސް ހުއްޓި ސައިން ބޯޑުތަކާއި ބަމްޕަރު ތައް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް ނިންމާފައިވަނީ އަމީނީ މަގުގެ ހާލަތު ދަށްވުމާއި ވިއްސާރަ ދުވަސްވަރު އެ މަގުގައި ފެންބޮޑުވެ ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައި ވަނިކޮށެވެ. އެ މަގު ތަރައްގީކޮށް ނިމޭއިރު މަގުގައި ފެން ހިންދާނެ ޒަމާނީ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އާރުޑީސީގެ ފަރާތުން ވަނީ ބުނެފައެވެ. އެގޮތުން ފެންހިންދާ ޕަމްޕް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އާރުޑީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: