ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނިވާސިޓިތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރައަށް އިތުރު 35 އިންސައްތަ!

މަތީ ތަޢުލީމުގެ ދާއިރާތަކުގެ މަޤާމުތަކުގެ މުސާރައަށް ގެނެސްފައިވާ ކުރިއެރުން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު، ޔުނިވާސިޓިތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރައަށް 35 އިންސައްތަ އިތުރުވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާލުވެއްޖެއެވެ.

ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް މުސާރާއިގެ ކުރިއެރުން ދިނުަށް މަޝްވަރާކޮށްފައިވާ ގޮތަށް ހަމަ، ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ އިދާރާ މުވައްޒަފުންގެ މުސާރައަށްވެސް ބަދަލު އަންނާނެކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ހުރިހާ އިދާރީ ދާއިރާގެ މުވައްޒަފުންގެވެސް ޕޭ ފްރޭމް ވޯކަށް ބަދަލުވާނެކަމަށާއި، އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުންގެ އެއް ހަމައެއްގައި ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕޭހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން އެއްވެސް ދާއިރާއެއްގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހީމް ހަސަން ވިދާޅުވީ މުސާރައަށް މި ގެނެވުނު ބަދަލާއިއެކު، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ފަސޭހަވާނެކަމަށެވެ. އަދި މިއީ މުވައްޒަފުން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބޭނެކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ޑރ ހަސަން ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: