ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑަމް ފަޒްނާގެ ގޭގައި ބާޣީ ޕޯސްޓަރު ހަރުކުރި މައްސަލައިގައި މީހަކު ފުލުހަށް ހާޒިރުކުރަނީ

މެޑަމް ފަޒްނާގެ ގެ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ގޭގެ ދޮރާއި ފާރުގައި ބާޣީން ކަމަށް ނުނާ ޕޯސްޓަރުތަކެއް ހަރުކުރި މައްސަލައިގައި މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ފަޒްނާގެ އާއިލާގެ ގެ ކަމަށްވާ މ ދީފުރަމްއާގެ ފާރާއި ދޮރުގައި ހިއްޕާފައިވާ ކަރުދާސްތަކެއްގައި އެ ގެއަކީ ޣައްދާރުންގެ ގެއެއް ކަމަށް ވަނީ ލިޔެފައެވެ.

އެއިން އެއް ކަރުދާހެއްގައި ބުނެފައިވަނީ އެ ގޭގެައި ދިރިއުޅޭ އާއިލާ އަކީ 28 ދިވެހިންގެ ލޭ ބުއި ޣައްދާރުންގެ އާއިލާއެއް ކަމަށާއި އެ އާއިލާ މިރާއްޖެއިން ބޭރުކުރަންޖެހޭ ކަމަށެވެ.

ދީފްރަމްއާގޭގެ ބޭރުގައި ހަރުކޮށްފައިވާ ޕޯސްތަެުތަކުގައި ޣައްދާރުން ކަމަށް ބުނެފައިވާ މީހުންގެ ފޮޓޯތައް ހިމަނާފައިވާއިރު އެންމެ މަތީގައި ފެންނަނީ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ސިއްކަ އަހުމަދު އިސްމާއީލްއެވެ.

ފަޒްނާގެ ބައްފަ ސިއްކަ އަހްމަދު އިސްމާއިލް އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގައި ހިނގާދިޔަ އުދުވާނީ ހަމަލާ ރޭވުމުގައި ހަރަކާތްތެރިވި އެކަކެވެ. އެ ހަމަލާގައި އިސްކޮށް އުޅުނީ ހާޖަރާގޭ އަބްދުﷲ ލުތުފީއެވެ.

3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ މައްސަލައިގައި ސިއްކަ އަހްމަދު އިސްމާއިލްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލާފައިވަނިކޮށް އޭނާ އަށް މައާފު ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ.

ދީފްރަމްއާގޭގެ ފާރުގައި ޕޯސްޓަރު ހަރުކުރި މައްސަލައިގައި މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމަށް އަމުރުކޮށްފައިވަނީ 26 އަހަރުގެ ޒުވާނެއްގެ މައްޗަށެވެ. އޭނާ ހާޒިރު ކުރަނީ ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މ ދީފުރަމްއާގޭގެ ފާރުގައި ހަޑިހުތުރު ބަހުން އިންޒާރު ދޭ ޕޯސްޓަރު ތަކެއް ހަރުކުރި ކަމުގެ ތުހުމަތުގައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޙަމަރނގަޅު ބަގާވައިތް ކުރުމުން ލިބޭއަދަބުލިބި ހުކުމްފުރިހަމަވެ މާފުދިނުމައްފަހު އަމުން އެމީހަކު ބަރިއްޔްވީ ދެންނުޖެހެ އެމީހާފެންނަ ކޮމްމެތާކުން އެމީހަކާ ދިމާކުރާކަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: