ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލުތަކުގެ ބޭރުން އަމަލުކުރާ މީހުން ޖެހޭނީ ޕާޓީއިން ވަކިކުރަން : އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލުތަކުގެ ބޭރުން އަމަލުކުރާ މީހުން ޖެހޭނީ ޕާޓީއިން ވަކިކުރަން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އަހުމަދު އަބްދުﷲ ވިދާޅުވީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ކުރަން ނުޖެހޭ ކަންކަން ކުރުމުން ދެންވެގެންދާނެ ގޮތް ސާފުވާނެ ކަމަށެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެކުގައި މިވެރިކަމުގައި ކޯލިޝަންގައި ތިބި ޕާޓީތައް ގެންދަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަމުން ކަމަށެވެ.

އަހްމަދު އަބްދުﷲ ވިދާޅުވީ އަދާލަތު ޕާޓީ  އާއި އެމްޑީއޭ ވަނީ އެމްޑީޕީ އާއި އެކު ކޯލިޝަން ހަދާފައިކަމަށާއި ބާކީ އޮތް ސިޔާސީ ޕާޓީތަކުން ރައީސް ސާލިހް އާއިއެކު ކޯލިޝަންގައި ނުތިބޭނެ ކަމަށް އަދި މިހާތަނަށް ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން ކޯލިޝަން ހެދުމުގެ މަސައްކަތަށް ހުރަސް އެޅޭފަދަ އެއްވެސް މަންޒަރެއް ފެނިގެންނުދާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ މަންޒަރު ފެންނަނީ ވަރަށް އުޖާލާ ކޮށް ކަމަށެވެ.

އަޅުގަނޑަށް އިނގޭ އެއްޗަކީ މިދިވެހި ރާއްޖޭގައި ސިޔާސީ މަޝްރަހުގައި އެންމެ ބޮޑަށް އެމްޑީޕީއާއި އަދި އެމްޑީޕީގެ ސަރުކާރާއި ނޫނީ ރައީސް އިބޫގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ވަރަށް ގިނަ ފަރާތްތަކުން ވަރަށް ގިނަ ތަފާތު ވާހަކަތައް ދައްކަވާ. އަދި އެކިކަހަލަ ޓައިމްލައިން ތައް ވެސް ދެއްވާ. އަދި އެކިކަހަލަ އެހެނިހެން ތުހުމަތުތައް ވެސް ކުރައްވާ. އެކަމު ހަގީގަތަކީ މިއަދު އޭގެ އެއްވެސް ތުހުމަތަކީ އޭގައި އެއްވެސް އަސްލެއްގެ މައްޗަށް ކުރެވޭ ތުހުމަތަކަށް ނުވާކަން. ދެން ހަމައެކި ޓައިމްލައިންތައް ދެއްވައި އެކި ޓައިމްލައިންތަކުގައި އެވެނިކަމެއް އެހެން މިވެނި ކަމެއް މިހެންވާނެއޭ ވިދާޅުވަމުން ގެންދަވާއިރު، އެއިން އެއްވެސް ކަމެއްވެސް އެވިދާޅުވާ ގޮތަށް ކުރިއަކަށް ނުދޭ.

އަހްމަދު އަބްދުﷲ ވިދާޅުވީ ދިވެހިންނަށް ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަނެވި ރާއްޖޭގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައިކަމަށެވެ. އަދި އިގްތިސާދީ ދުވެލި ބާރުވާން ފެއްޓި ވަގުތާއި ދިމާކޮށް ރާއްޖޭގައި އެންމެ ގަދައަށް ދެކެވެމުންދިޔަ އެއް ވާހަކަ އަކީ ރިޒާވް ހުސްވެ ރިޒާވްގެ ތެރޭގައި ދެހަފްތާއަށް ވާ ވަރަށްވެސް ފައިސާ ނެތް ކަމުގެ ވާހަކައެވެ. އަދި ދެހަފްތާ ފަހުން ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ ފަދަ ވަރަށް ނުރައްކާތެރި މެސެޖުތަކެއް ރައްޔިތުންނާއި ހަމައަށް އެދުވަސްވަރުގައި ފޯރުކޮށްދެމުން ދިޔަ ކަމަށް  އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ރާއްޖެ ބަނޑަށް ޖެހިދާނެ ކަމުގެ މެސެޖު ރައްޔިތުންނަށް ދިނުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެދުވަސްވަރު ކަންބޮޑުވުންތަކެއް އުފެދިގެންދިޔަ ކަމަަށެވެ.

އެހެންތާ ވާނީ. މިސާލަކަށް އަޅުގަނޑުމެންނަށް އެންމެ ކައިރިން ފެންނާން އޮތީ ލަންކާ. ލަންކާ ރައްޔިތުން ދިރިއުޅޭ ހާލާއި، ލަންކާގެ ރައްޔިތުންނަށް ވަމުންދާ ގޮތާއި  އެތަނުގެ ވިޔަފާރިވެރިންގެ ހާލާއި މިހުރިހާ އެއްޗެއް އަޅުގަނޑުމެން ދިވެހިންނަށް ހަމަ ކޮންމެ ދުވަހަކު އެބަ ލޮލުން ފެނި ތަޖުރިބާ ކުރެވޭ. ދެން އެކަހަލަ ވާހަކަތަކެއް ރައްޔިތުންގެ ތެރެއަށް ދޫކޮށްލާ އެކަމާ ގުޅޭގޮތުން އަދިވެސް ތަފާތު އެކިއެކި ވަސްވާސްވާ ކަހަލަ ނޫނީ ވެއްޖެއްޔާމު މީހުންނަށް އޮޅުން ބޮޅުން އަރާ ކަހަލަ ޒާތުގެ ވާހަކަތައް ދެއްކީމަ، ކޮންމެވެސް ވަރަކަށް ރައްޔިތުންގެ ތެރޭގައި އަންނާނެ ހިތްހަމަ ނުޖެހުމެއް. އެހެން ނަމަވެސް ބައްލަވާ. އެވާހަކަތަކުގައި އެދިން ހުރިހާ ޑޭޓެއް ފަހަނައަޅައި ދިޔައިރުގައި އެއިން އެއްވެސް ކަމެއް ނުވި. ﷲގެ ތަނަވަސް ރަހްމަތުން ރާއްޖެ ބަނގުރޫޓެއްވެސް ނުވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދުޅަހެޔޮކަން އިތުރުވަމުން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަައް އިތުރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އާމްދަނީ ލިބެން އޮތް މަގު އިތުރަށް ފުޅާވެފައިވާ ކަމަށެވެ.

ރިޒާވް ދެހަފްތާ ތެރޭގައި ހުސްވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މިއިން ދުވަހަކު ކުރި ނާރާ ވަރަށް ރަނގަޅުވެގެން ގޮސްފައިވާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. އެހެންކަމުން މިއަދު އިދިކޮޅުން ކިޔަމުންދާ ލަވަ އާއި މިއުޒިކް އަޑުއަހާ މީހުން މަދުވެފައިވާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ މިދައުރުގެ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނުނެގޭނެ ކަމަށާއި އެ އަދަދަށް ވޯޓް ހަމަ ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: