ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފީފް އާއި ބޮންޑެ އަކީ ވަރަށް ތަޖުރިބާކު ދެބޭފުޅުން، އަވަހަށް ވަޑައިގަންނަވާ: އާދަމް ޝަރީފް

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަަސީދު (ބޮންޑެ) ޕީޕީއެމްއާ ގުޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދައުވަތުއަރުވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އަފީފް އާއި ބޮންޑެ އަކީ ވަރަށް ތަޖުރިބާ ކާރު ދެ މެމްބަރުން ކަމަށެވެ.

 

އާދަމް ޝަރީފް ވިދާޅުވީ މިވެރިކަން ބަދަލުކުރުމަށް އެދެބޭފުޅުންނަކީ އެސެޓަކަށް ވާނެ ކަމަށެވެ. އާދަމް ޝަރީފް އެހެން ވިދާޅުވެފައިވަނީ އެމްޑީޕީން ވަކިވުމަށް ވިސްނަމުންދާ ފަދަ މޭރުމަކުން މަޖިލީހުގައި  އަފީފް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕީޖީން ބިލަކަށް ވޯޓް ނުދީގެން ވިޕާއި ހިލާފްވުމުގެ ސަބަބުން އަނެއްކާވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރިއަސް މިހާރު މައްސަލައެއް ނެތް ކަމަށް  އަފީފް ވިދާޅުވިއެވެ.

އެމްޑީޕީއަކީ އިންސާފާއި ނަޒާހަތްތެރިކަމާއި ހަމަހަމަކަން ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އެއާ ހިލާފަށް ހުށަހަޅާ ބިލްތަކަށް ވޯޓެއް ނުދެވޭނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީން ވަކިވުމަށް އެ ޕާޓީގެ ރައިސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި އެ ޕާޓީން ވަކިވުމަށް ފަހު އޭނާ ހުންނަވާނީ ”ފިކުރެއްގެ ދިރުން“ އާއެކީ ކަމަށެވެ. އެމްޑީޕީގެ ސާފު ތިލަފަތް ފެންނަނީ އެ ފިކުރުން ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވުމުގެ ވާހަކަ އަފީފް އާއި ބޮންޑޭ ދައްކަވާއިރު އެ ޕާޓީގެ ވިޕްލައިންތަކާ ހިލާފުވި މައްސަލާގައި ޕީޖީން މިހާރު ވެސް ވަނީ އެކި ފަހަރުގެ މަތިން ފިޔަވަޅުއަޅައިފަ އެވެ.

އެމްޑީޕީގެ ޕީޖީން މިހާރު އަންނަނީ އަޅާ ފިޔަވަޅުތައް އިތުރަަށް ހަރުކަށިކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވަދަ ނުކުރެވޭ ގޮތް ހަދަން ވެސް މަސައްކަތް ކުރަމުންނެވެ.

ފިޔަވަޅު އެޅުމާއި ގުޅޭގޮތުން ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވަނީ ވިޕްލައިން އާއި ހިލާފްވާނަަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވެރިކަން، ކޮންމެހެންވެސް ވެރިކަން.. ވާދަވެރިން އެއްގަލަކަށް އަރައި، ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށް ވެގެން ވިޔަސް ވެރިކަން ބޭނުން ވެގެން އުޅޭތަން ފެންނަނީ. ކޮންމެހެން ރައްޔިތުންނާއި ދޭތެރޭ ވިިސްނައިގެން ކުރާ ކަމެއް ނުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: