ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަދޫ މަގުހެދުން އާރުޑީސީ އަށް

މަނަދޫ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނ މަނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް ތާރު އެޅުމަށް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލްކޮށްފިއެވެ.

ޕްލޭނިންގ  މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާހިދު އެވެ.

މަސައްކަތް ހަވާލުކުރި ތާރީހުން ފެށިގެން ފަސް މަސް ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 75.7 މިލިއަން ރުފިޔާއެވެ.
މަނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 4.2 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: