ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އާ ބައްދަލު ކުރައްވަން ނައިބު ރައީސް ސަން އައިލެންޑަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ނައިބު ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލު ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފި އެވެ.

2018 ގެ ރިޔާސީ އިންތިހާބަށް، ޖޭޕީއަށް ލިބުނު ރަނިން މޭޓުކަމުގެ ސްލޮޓާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު އިންތިހާބުގައި ވާދަކުރެެއްވި ފައިސަލް ދަނީ ސަރުކާރަށް އިތުރު ދައުރެއް ދޭން ޖެހޭކަމަށް ވިދާޅުވަމުންނެވެ. ޖޭޕީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނަވައި ފައިސަލް ރައީސް ސޯލިހަށް ތާއީދުކޮށް ވާހަކަ ދައްކަވާ މައްސަލައިގައި ޕާޓީގެ ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުންތަކެއް ވެސް އެބައޮތެވެ. ހާއްސަކޮށް، ނިމިދިޔަ ޕާޓީގެ ގައުމީ ކޮންގްރެސްގައި ފައިސަލް ބައިވެރިވެފައި ނުވާތީވެ މީޑިއާތަކުން އެކަން ރިޕޯޓު ކުރި އެވެ. އެކަމަކު، ޖޭޕީން ބުނީ ފައިސަލް ކޮންފަރެންސަށް ވަޑައިގެންފައި ނުވަނީ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ.

މައްސަލަތަކެއް ދިމާވެފައިވާކަމަށް ބެލެވޭ ހާލަތެއްގައި، ފައިސަލް ގާސިމާއި ބައްދަލު ކުރުމަށް ސަން އައިލެންޑަށް ވަޑައިގަތީ މިއަދުގެ ހެނދުނު އެވެ.

ފައިސަލް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ފެންނަމުންދާލެއް މަދުކަމުން އެކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ފައިސަލްގެ އިތުރުން، ދާދި ފަހުން އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫނާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވެސް ވަނީ ހަމަ ސަން އައިލެންޑްގައި ގާސިމް އާއި ބައްދަލުކުރައްވާފައެވެ. އެ ހުރިހާ ބައްދަލުވުން ތަކުގެ ތަފްސީލް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ގާސިމް ވަނީ ދާދި ފަހުން ރައީސް އޮފީހަށް ވަޑައިގެން ރައީސް ސާލިހް އާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ ރައީސް ސާލިހް އާއި އެކު ކުރެވުނު މަޝްވަރާތަކުގެ ތަފްސީލް ހާމަ ކުރަން ބޭނުން ނުވާ ކަމަށާއި ރައްޔިތުންނަށް އެކަން އެނގެން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް މިދިޔަ ފެބްރުއަރީ މަހުގައި ބޭއްވިގެން ދިޔައިރު  އެ ކޮންފަރެންސް އިން ވަނީ ޖޭޕީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ. އަދި ދާދި ފަހުން ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި ރިޔާސީ ކެންޑިޑޭޓް ކަމާއި ކޯލިޝަން ހެދުމުގެ ބާރު ގާސިމް އަށް ވަނީ ދީފައެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް އަށް ކޯލިޝަން ހެދުމާއި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ބާރު ދިނުމުގެ ގަރާރު ފާސްކޮށްފައިވާއިރު، އެގަރާރުގައި ބުނެފައިވަނީ ޕާޓީގެ މަސްލަހަތާއި ހަމަޖެހުމަށް ޓަކައި ޕާޓީގެ ލީޑަރަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމާއި ޖޭޕީ އިސްވެ އޮވެ އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހެދުމުގެ ބާރު ލިބިދޭ ކަމަށެވެ.

ގާސިމް އިބްރާޙިމް އާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައްދަލުކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ފަރާތުން އަދި މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: